ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ އަދި ގއ އަތޮޅު މިރޭ މެޗްތަކަށް ތައްޔާރު
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 2023 ވަނަ އަހަރު ހޯރަފުށިން ކުޅުނު މެޗެއްގެ ތެރެއިން - އިމޭޖްސް: ސަން އެމް ވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ އަދި ގއ އަތޮޅު މިރޭ މެޗްތަކަށް ތައްޔާރު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ހުޅުވުމަށް ރޭ ކުޅުނު ޗެރިޓީ މެޗުގައި ތ. ތިމަރަފުށި ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން ވަނީ 3-2 ގެ ނަތީޖާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

6 months ago - 13:30
Jan 15, 2024 - 13:31

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024  ހުޅުވުމަށް ރޭ ކުޅުނު ޗެރިޓީ މެޗުގައި ތ. ތިމަރަފުށި ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން ވަނީ 3-2  ގެ ނަތީޖާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ  8 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭނީ ހއ އަތޮޅު އަދި ގއ އަތޮޅު މެޗްތަކެވެ. މިރޭ 20:00 ގައި މުބާރާތުގެ ފުރަތަމަ 2 މެޗް ކުޅޭނެއެވެ. މި މެޗްތަކުއި ބައްދަލު ކުރާނީ  ރެހެންދި ފުޓްސަލް ދަނޑު 1 ގައި ހއ. މާރަންދޫއާއި ހއ. ފިއްލަދޫއެވެ. އަދި ރެހެންދި ފުޓްސަލް ދަނޑު 2 ގައި ހއ. އިހަވަންދުއާއި ހއ. މުރައިދޫއެވެ. 3 ވަނަ އަދި 4 ވަނަ މެޗްތަށް ފަށާނީ  21:00 ގައެވެ.  ރެހެންދި ފުޓްސަލް ދަނޑު 1 ގައި ހއ. ކެލާއާއު ހއ. ބާރަށެވެ. އަދި ރެހެންދި ފުޓްސަލް ދަނޑު 2 ގައި ހއ. އުތީމާއި ހއ. ތުރާކުނެވެ. 5 ވަނަ އަދި 6 ވަމަ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ 22:00 ގައެވެ. މި މެޗްގައި ބައްދަލުކުރާނީ ރެހެންދި ފުޓްސަލް ދަނޑު 1 ގައި ހއ. އަތޮޅުގެ ހޯރަފުށިން ނުކުންނާނީ ހއ. ތަކަންދޫއާ ދެކޮޅަށެވެ. އަދި ރެހެންދި ފުޓްސަލް ދަނޑު 2 ގައި ހއ. ދިއްދޫ އިން ނުކުންނަނީ އެ އަތޮޅު ވަށަފަރާ ދެކޮޅަށެވެ.

ހއ. އަތޮޅުން މި މުބާރާތުގައި 12 ޓީމު ވާދަކުރާއިރު، އެ އަތޮޅުގެ ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ

މިރޭގެ 7 ވަނަ އަދި 8 ވަނަ މެޗަކީ ގއ އަތޮޅުގެ މެޗްތަކެވެ. މި މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނި  23:00 ގައެވެ. މި މެޗްގައި ބައްދަލު ކުރާނީ ރެހެންދި ފުޓްސަލް ދަނޑު 1 ގައި ގއ. ގެމަނަފުށްޓާއި ގއ. ދާންދޫއެވެ. އަދި ރެހެންދި ފުޓްސަލް ދަނޑު 2 ގައި ގއ. މާމެންދޫއާއި ގއ. ނިލަންދޫއެވެ.

މިފަހަރު ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރާއްޖޭގެ 20 އަތޮޅުން މި މުބާރާތުގައި މި ފަހަރު ޖުމްލަ 129 ޓީމް ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ މުބާރާތުގައި ޖުމުލަ 320 މެޗް ކުޅޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅިރާއްޖެއަށް ހުޅުވާލައިގެންބާވާ އެންމެ ބޮޑު ފްޓްސަލް މުބާރާތެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow