ސުނާމީ އާއި ބިން ހެލުމުން ޖަޕާނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ބިންހެލުމުގައި ޖަޕާނުގެ މަގަކަށް ލިބިފައިވާ ގެއްލުމުގެ ފޮޓޯއެއް
ސުނާމީ އާއި ބިން ހެލުމުން ޖަޕާނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ސުނާމީ އާއި ބިން ހެލުމުން ޖަޕާނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ޖަޕާނުގެ މެދުތެރޭގައި އޮންނަ އިޝިކަވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

7 months ago - 10:00
Jan 2, 2024 - 10:06

ރިކްޓަރ މިންގަނޑުން 7.5ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ އެކު އެ ޤައުމުގެ އައްސޭރިފަށުގައި އޮންނަ ސަރަޙައްދުތަކަށް ސުނާމީ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން އެގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. އެހެން ނަމަވެސް ގެއްލުމުގެ މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. 

ބިންހެލުމާއި ވިދިގެން އަރާފައިވާ ސުނާމީގެ އިންޒާރު ދިނުމާ އެކު އެ ޕްރޮވިންސުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. ބިންހެލުމާ ގުޅިގެން ޢިމާރާތްތައް ވެއްޓި، ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ކަރަންޓްގެ ހިދުމަށްވެސްވަނީ ކެނޑިފައިވޭއެވެ.

މި ބިންހެލުމާ ގުޅިގެން ރަޝިޔާގެ އައްސޭރިފަށުގައި އޮންނަ ދެ ސަރަޙައްދަކަށް ވެސް ސުނާމީއެއްގެ އަސަރު ކޮށްފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. ބިންހެލުމުގެ ސަބަބުން އެއް މީޓަރުގެ ރާޅުތައް އެރި ނަމަވެސް ސުނާމީއެއްގެ ނުރައްކާ ކުރިމަތިވެފައެއް ނުވެއެވެ.

ޖަޕާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ބިންހެލުމުގައި ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމުގައި ޖަޕާނުގެ ސަރުކާރުގެ ތަރުޖަމާނު ޔޮޝިމަސަ ހަޔާސީ ވިދާޅުވިއެވެ. 

ބިންހެލުން އައި ސަރަޙައްދަށް އިތުރު ލޮޅުންތަކެއް އަންނާނެ ކަމުގެ އިންޒާރު ޖަޕާނުގެ ބިންހެލުންތަކާ ބެހޭ އިދާރާއިން ވަނީ ދީފައެވެ. 36,000އަށްވުރެ ގިނަ ގެޔާއި ވިޔަފާރިތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު އެ ސަރަޙައްދުގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތާއި ވައިގެ އުދުހުންތައް ވެސް އޮތީ މެދުކަނޑައިލާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow