ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާއްމު ވޯޓް ނެގުމުގެ ބިލަކީ ރައްޔިތުން ވަރަށްބޮޑަށް ބާރުވެރިވާނެ ބިލެއް- ފަލާހު
މެމްބަރު ފަލާހު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާއްމު ވޯޓް ނެގުމުގެ ބިލަކީ ރައްޔިތުން ވަރަށްބޮޑަށް ބާރުވެރިވާނެ ބިލެއް- ފަލާހު

ބިލް ވަނީ ބަލައިގަނެ ކޮމިޓީއަށް ފޮނުވާފަ

1 day ago - 11:23
Jul 9, 2025 - 17:05

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާއްމު ވޯޓް ނެގުމުގެ ބިލަކީ ރައްޔިތުން ވަރަށްބޮޑަށް ބާރުވެރިވާނެ ބިލެއްކަމަށް ބިލް ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު މުފަދައިން ވިދާޅުވީ ބިލްގެ ބަހުސް މަރުހަލާ ނިމުމުން ފަހުބަސް ވިދާޅުވާން ދެއްވި ފުރުޞަތުގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާއްމު ވޯޓް ނެގުމުގެ ބިލަކީ މިހާތަނަށް ރައްޔިތުންގެ މަޖިލިހަކަށް ހުށަހެޅުނު އެންމެ މުހިއްމު އެއް ބިލް ކަމަށެވެ. އެއީ ރައްޔިތުންނަށް އެންމެ މުހިއްމު އެންމެ ފައިދާހުރި އެއްބިލް ކަމަށް އޭނާ ވިދާޅުވިއެވެ. ވިދާޅުވީ ބިލް އޮތްގޮތުން ރައްޔިތުން ވަރަށްބޮޑަށް ބާރުވެރިވެގެންދާނެ ކަމަށެވެ.

"މަޖިލިހުން ފާސްކުރާކަމެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވާ ހާލަތުގައިވެސް އެކަމާމެދު ރައްޔިތުންނަށް ފެންނަގޮތް އަހާލުމުގެ ފުރުޞަތު ލިބޭ. މިބިލަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ހުރި ގައުމަށް ފައިދާހުރި ބިލެއް. ބޮޑަތި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް ބުނުމުގެ ހައްގު މިބިލުގެ ސަބަބުން ލިބިދޭ." ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާއަށް މެމްބަރުން ވަރަށްބޮޑަށް ޝުކުރު އަދާކުރަންޖެހޭ ބިލެއް ކަމަށދެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަކު ދޫނުކޮށްލާ ކަހަލަ މުހިއްމު ބާރުތައް ދޫކޮށްލާފައި ހުރުމުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުންވެސް ރައީސް ގެންދަވަނީ ވަރަށްގިނަ ބާރުތައް ދޫކޮށްލަމުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ގާނޫނު އަސާސީ ބަދަލުކުރެވޭނެ މެޖޯރިޓީ ސަރުކާރުގައި އޮވެމެ, ރައްޔިތުންގެ ހޔާލު ހޯދައިގެން ކަންކަން ނިންމަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބޭނުންފުޅުވާކަން ފަލާހު ފާހަގަކުރެއްވިއެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މިއީ ވޯޓަކާ ނުލާ ދެވަނަ ދައުރެއް ހޯދުމަށް ކޮށާ މަގެއް ކަމަށެވެ. އަދި މަޖިލިސް މެމްބަރުން މިނިވަން ނުވެ މިފަދަ ބިލެއްގެ މަޝްވަރާ ކޮށްގެން ނިކުންނާނެ ރަނގަޅު ނަތީޖާއެއް ނޯންނާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow