އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 12 ގައި ބާއްވަނީ
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 12 ގައި ބާއްވަނީ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 12 ގައި ބާއްވަނީ

މިދިޔަ އަަހަރުގެ ހިއްސާއަކަށް ބަހަން ނިންމާފައި ވަނީ 80 ރުފިޔާ

2 months ago - 12:31
Jun 27, 2024 - 18:09

ސްޓޭތް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ބާއްވަން އެކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ، މިޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހުޅުލެ، ނީރި ލައުންޖުގައި، އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ. މިޖަލްސާގައި ހިއްސާދާރުންނަށް ހާޒިރުވެގެންގެންނާއި . އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އެސްޓީއޯ ބުނެފައިވެ އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް އެސްޓީއޯއިން ބުނެއެވެ. މިޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުންވެސް އޮންނާނެއެވެ. ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން 6 މެންބަރުން އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 މެންބަރަކު ހޮވާނެއެވެ.

މީގެއިތުރުން އަންނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، އަލަށް އެކުލަވާލެވުނު ރާއްޖޭގެ ކުންފުނީގެ ޤާނޫނާއި ގުޅިގެން ކުންފުނީގެ ހިންގާ ގަވާއިދަށް މިވަގުތަށް ގެންނަ ހުށަހަޅާ އިސްލާޙްތައް ގެނައުމަށް ފާސްކުރުންވެސް އަހަރީ އާއްމު މިޖަލްސާގައި އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މިޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމާފައިވާ 80 ރުފިޔާ ބަހަން ފާސްކުރުމަށް ވެސް ވޯޓަށް ހުށަހަލާނެ އެވެ. 

އެސްޓީއޯއިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު މިއީ އެކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

އެސްޓީއޯއިން ވަނީ އަހަރީ އާންމު ޖަލްސާގެ ވަގުތު ކުޑަކުރުމަށްޓަކައި ހިއްސާދާރުންގެ ޚިޔާލު ފާޅުކުރުމުގެ ބައި މިމަހުގެ 8 ވަނަ ދުވަހު ބާއްވާފަ އެވެ. އެބައްދަލު ވުން އޮތީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ސެމިނާ ރޫމުގައެވެ. އެބައްދަލު ވުމުގައި އާންމު ހިއްސާދާރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވި ފަރާތްތަކަށް ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު ދެވުނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow