އަގުބޮޑު އިނާމުތަކަކާއެކު ބާއްވާ 3x3 ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިރޭ 8 އަށް!

އަގުބޮޑު އިނާމުތަކަކާއެކު ބާއްވާ 3x3 ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިރޭ 8 އަށް!

2 hours ago - 14:27

ބޮޑެތި ފައިސާގެ އިނާމުތަކާއެކު ބާއްވާ "މާލެ މެޑްނެސް 3x3 ބާސްކެޓްބޯލް އެޑިޝަން 1" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެ މެޑްނެސްގެ ފަރާތުން ހުޅުވާލައިފިއެވެ.


މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި އަދި ހުކުރު ދުވަހު މާލޭ އުސްފަސްގަނޑު ސަރަޙައްދުގައެވެ. ޖުމްލަ 9 ޓީމު އިވެންޓް ހިމެނޭ މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ 8 ޓީމަށެވެ.


މުބާރާތުގެ އަންހެން އަދި ފިރިހެން ސީނިއާ ކެޓަގަރީން އެއްވަނަ ހޯދާ ޓީމުތަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި ދެވަނަ އަށްދާ ޓީމުތަކަށް 10،000 ރުފިޔާ ލިބޭނެއެވެ. 23 އަހަރުން ދަށުގެ ކެޓަގަރީތަކަށް ބަލާއިރު، ފިރިހެން ޑިވިޝަނުގެ އެއްވަނައަށް 15,000 ރުފިޔާ އަދި އަންހެން ޑިވިޝަނުގެ އެއްވަނައަށް 20,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި ދެ ޑިވިޝަނުން ދެވަނައަށްދާ ޓީމުތަކަށް ލިބޭނީ 5,000 ރުފިޔާއެވެ.


މުބާރާތުގައި ބައިވެރިވުމުގެ އުމުރުފުރާގެ ގޮތުގައި ކަނޑައަޅާފައިވަނީ 17 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެގޮތުން 2026 ވަނަ އަހަރު 17 އަހަރު ފުރޭ ކުދިންނަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

Advertisement
Advertisement


މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 6:00 އެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 9665755 އަށް ގުޅުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow