ލޭ އުފައްދައިދެނީ ކޮންކޮން މޭވާއަކުންކަން އެނގޭތަ؟

ލޭ އުފައްދައިދެނީ ކޮންކޮން މޭވާއަކުންކަން އެނގޭތަ؟

6 months ago - 08:00
Jan 17, 2024 - 08:03

 

ލެއަކީ އިންސާނާގެ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ.  އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަނާއި ނިއުޓްރިއެންޓްސް ގެންދިއުމުގެ ޒިންމާ އުފުލަނީ ލޭގެ ޛަރީއާއިންނެވެ. ލޭގެ ކޮލިޓީ ދެނެގަންނަނީ ލޭގެ ރަތް ސެލްތަކާއި، ލޭގެ ހުދު ސެލްތަކާއި، ޕްލެޓްލެޓްސްގެ އަދަދަށް ބަލައިގެންނެވެ. މޭވާއަކީ ލޭގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ ނިއުޓްރިއެންޓްސް ވަރަށް މަތީދަރަޖައަކަށް އެކުލިވެގެންވާ  ކާނާގެ މުހިއްމު ބައެކެވެ. މި ލިޔުމުގައި ވާހަކަ ދައްކާލާނީ ހަށިގަނޑުގައި ލޭ އިތުރުކޮށްދޭ މުހިއްމު ބައެއް މޭވާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. 

އަންނާރަކީ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ އަދި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. މިއީ ލޭގެ ރަތް ސެލްތައް އުފައްދަން އެހީތެރިވެދޭ މޭވާއެކެވެ. މި މޭވާއަކީ ލޭ ދައުރުވުން ރަނގަޅުކޮށްދޭ މޭވާއެއް ކަމުން އެނީމިއާ އިން ދުރުކޮށްދެއެވެ. އަންނާރު ޖޫހުގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ.   އަންނާރުގެ މުހިއްމު ބައެއް ފައިދާތައް ނަކަލުކޮށްލާނަމެވެ.

1 އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވުން

އަންނާރުގައި ޕޮލިފެނޮލްސް އާއި އެންތޮސައިނިން ފަދަ ބާރުގަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ. މި އުންސުރުތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ އޮކްސިޑޭޓިވް ސްޓްރެސްއާ ދެކޮޅަށް މަސައްކަތްކޮށް، ހަށިގަނޑުގައި އުފެދޭ ގެންލުންދެނިވި ބައެއް ވިހަ މާއްދާތަކުގެ  ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދީ ހަށިގަނޑު ސަލާމަތްކޮށްދެއެވެ.

2. ހިތުގެ ދުޅަހެޔޮކަން:

އަންނާރަކީ ކޮލެސްޓްރޯލް ލެވެލް އާއި ލޭގެ ޕްރެޝަރު ދަށްކޮށް ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އެއްޗެކެވެ. އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާ ޕްރޮސެސްއެއް ކަމަށްވާ އެލްޑީއެލް ކޮލެސްޓްރޯލް އޮކްސިޑޭޝަނުން ދުރުކޮށްދެ އެވެ.

3.އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީސް:

އަންނާރުގައި ހިމެނޭ އެންޓި-އިންފްލެމޭޓަރީ ގުނަވަންތަކުގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން ކުޑަކޮށްދީ، އާތުރައިޓިސް އާއި ބައެއް ބާވަތްތަކުގެ ކެންސަރު ފަދަ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

4. ކެންސަރުން ރައްކާތެރިވުން:

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ކެންސަރާ ދެކޮޅަށް މަސައްކަތްކުރެއެވެ. ވަކިން ޚާއްޞަކޮށް ޕްރޮސްޓޭޓް އަދި އުރަމަތީގެ ކެންސަރުގެ ސެލްތައް އުފެދުމަށް ހުރަސް އެޅިދާނެ އެވެ.

5. ހަނދާން ގަދަކޮށްދިނުން

އަންނާރުގެ ސަބަބުން ހަނދާނާއި ހިތުދަސްކުރުމުގެ ބަޔަށް ހެޔޮ އަސަރުކުރެއެވެ. ހިތުދަސްކޮށްފައިވާ ބައިތަށް ގިނަދުވަހަށް ހިތުގައި ހަރުލާހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ސިކުނޑި ރައްކާތެރިކޮށްދީ ހަނދާން އިތުރުކޮށްދެ އެވެ.

6. ހުޅުތައް ރަނގަޅުކޮށްދިނުން

އަންނާރުގައި އެންޓި-އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވާ އުންސުރުތައް އެކުލެވިގެންވާ އިރު، މިއީ އާތުރައިޓިސް ނުވަތަ ގުނަވަންތަކުގައި ރިއްސާ މީހުންނަށް ފައިދާ ހުރި އެއްޗެކެވެ.

7. ހަޖަމުކުރުމުގެ ޞިއްޙަތު:

އަންނާރުގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވުމަކީ ހަޖަމުކުރުމަށް އެހީތެރިވެދީ، ސިއްހަތަށް ފައިދާހުރި ބަނޑެއް އުފެއްދުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ފައިބަރަކީ ބަނޑުހައިހޫނުކަމުން ދުރުކޮށްދީ ބެލެންސްޑް މައިކްރޮބަޔޯމްއަކަށް އެހީތެރިވެދޭ އެއްޗެކެވެ.

8. ދިފާއީ ނިޒާމުގެ އެހީތެރިކަން:

އަންނާރަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ވިޓަމިން ސީ އެކުލެވިގެންވާ އެއްޗެކެވެ. ގަވާއިދުން ކެއުމުން ހަށިގަނޑަށް ޖެހޭ އިންފެކްޝަންތަކާއި ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ.

9. ހަމުގެ ދުޅަހެޔޮކަން:

އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ކޮލެޖަން އުފެއްދުމަށް މަގުފަހިކޮށްދީ، އިރުގެ އަލިން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ ހަންގަނޑު ދުޅަހެޔޮކަންމަތީ ދަމަހައްޓަދެއެވެ. އަންނާރު އެކްސްޓްރެކްޓަކީ ހަމުގެ ފަރުވާއަށް ތައްޔާރުކުރާ ބައެއް އުފެއްދުންތަކުގައިވެސް ބޭނުންކުރާ އެއްޗެކެވެ.

10. ހަށިގަނޑުގެ ބަރުދަން އެއްމިންވަރެއްގައި ހިފަހައްޓައިދިނުން

އަންނާރުގައި ހިމެނޭ ފައިބަރުގެ ސަބަބުން ފުރިގެންވާ ކަމުގެ އިހުސާސް ކޮށްދީ، މާގިނައިން ކެއުން މަދުކޮށް ބަރުދަން އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

11. ކަސްރަތުގެ ޕާފޯމަންސް ރަނގަޅުކުރުން:

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އަންނާރު ޖޫހަކީ ލޭ ދައުރުވުން އިތުރުކޮށް، މަސްތައް ވަރުބަލިވުން ލަސްކޮށް، ކަސްރަތުގެ ޕާފޯމަންސް އިތުރުކޮށްދީ ކަސްރަތުކުރާ ވަގުތު އިތުރުކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭ މޭވާއެކެވެ.

12. އެންޓި އޭޖިން އިފެކްޓްސް:

އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކަށް ލިބޭ ގެއްލުންތައް ދަށްވެ، ދިމާވާ ސްޓްރެސްގެ މިންވަރު ދަށްވެ، އަވަހަށް މުސްކުޅިވުމުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ.

 

(ނުނިމޭ)

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow