ހުސައިން އަލީ: ހިލޭ ސާބަހަށް  މަސައްކަތް ކުރުމާއި, އެކަމުގެ ރޫޙު އުފެއްދުމުގެ ނަމޫނާއެއް
ހުސައިން އަލީއަށް ރައީސުލްޖުމްހޫރިއްޔާ ޤައުމީ އިނާމް ދެއްވަނީ; ފޮޓޯ-ރައީސް އޮފީސް

ހުސައިން އަލީ: ހިލޭ ސާބަހަށް މަސައްކަތް ކުރުމާއި, އެކަމުގެ ރޫޙު އުފެއްދުމުގެ ނަމޫނާއެއް

9 days ago - 07:58

ހުސައިން އަލީގެ އިޖުތިމާއީ ޚިދުމަތާއި, ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޫހު ފެށިގެން އައީ 2005 ވަނަ އަހަރު އުފަން ރަށް ނ.ހެނބަދޫންނެވެ. އެގޮތުން ހެނބަދޫ ޖޯޝް ޖަމްއިއްޔާގައި އޭނާ ކުރި ޚީދުމަތްތައް ފާހަގަކުރެވެއެވެ. އޭގެފަހުން އެހެން ބައެއް ރަށްރަށުގެ ހަރަކާތްތަކުގައިވެސް އޭނާ ބައިވެރިވާން ފެށިއެވެ. އޭނާގެ އެޚިދުމަތް ލ.އަތޮޅާއި ތ. އަތޮޅާ ހަމައަށް ފޯރިއެވެ. މާލެ ބަދަލުވެ, ރާއްޖޭގައި ބާއްވާ ކުޅިވަރުގެ ތަފާތު މުބާރާތްތަކުގައިވެސް ހިލޭ ސާބަހަށް އެހީތެރިވެ ނަމޫނާ ދައްކަން ފެށިއެވެ.

އޭނާގެ ޚިދުމަތުގެ އެންމެ ބޮޑު އުސްއަލީތައް ގުޅިފައިވަނީ ދިވެހިރާއްޖޭގައި ގައުމީ ޔުނިވަރސިޓީއާއެވެ. އެޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިސް މަގާމްތައް ފުރާ, ގިނަ ޚިދުމަތްތަކެއް ކުރިއެވެ. އަދި އެހެން ދަރިވަރުންނަށް ފޮރުތައް ހުޅުވާލަދީ  އަމަލުން ނަމޫނާ ދެއްކިއެވެ. މިއަދުވެސް އޭނާއަކީ އެޖަމްއިއްޔާއާއޮ އެޖަމްއިއްޔާއާ ގުޅިފައިވާ އިދާރާތަކަށް ހިލޭސާބަހަށް މަސައްކަތްކޮށްދޭ ނަމޫނާ ޒުވާނެކެވެ.އިޖުތިމާއީ ޚިދުމަތްތެރިއެކެވެ.

ހުސައިން އަލީގެ 12 އަހަރުވީ ޚީދުމަތުގެ އަގު އެންމެފަހުން ދިވެހި ސަރުކާރުން ވަޒަންކޮށްފިއެވެ. މިއަހަރުގެ ޤައުމީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަތްޕުޅުން ހިތްވަރު ދިނުމުގެ އިނާމް ލިބުމަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެކެވެ. ހުސައިން އަލީ އަށް ސަރުކާރުން ދެއްވީ ޒުވާނުންގެ ދާއިރާއިން ހިލާ ސާބަހަށް  މަސައްކަތް ކުރުމާއި, މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

Advertisement

" ދެން ވަރަށް އުފާވި ބާރަ އަހަރު ދުވަހުގެ މަސައްކަތް ބަޔަކު އެޕްރެޝިއޭޓް ކުރިކަމަސް އަމިއްލައަށް ގަބޫލުކުރެވޭތީ. ދެން ވަރަށް އުފާވި" ގައުމީ އިނާމް ލިބުމުން އެރަސްމިއްޔާތަށްފަހު ހުސައިން އަލީ ބުންޏެވެ.

ހުސައިން އަލީ ގެންދަނީ ގައުމީ ޔުނިވަރސިޓީގެ ޔޫނިއަން އުފެދުނީއްސުރެ ޔޫނިއަންގެ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރަމުންނެވެ. އޭގެއިތުރަށް ކްލަބް މޯލްޑިވްސްގެ އޮގަނައިޒިންގ ކަންތަކުގައި ހަރަކާތްތެރުވާތާވެސް ތިން އަހަރުވެއްޖެ އެވެ. ޔޫތް ލީޑާރސް ނެޓްވޯކްގެ ނައިބުރައީސްކަންވެސް ހުސައިން އަލީ އަދާކުރިއެވެ. އަދި ހޯމް މިނިސްޓްރީނެގ ގިނަ ހަރަކާތްތަކުގައިވެސް ހިލޭ ސާބަހަށް އެހީތެރިވެދީފައި ވެއެވެ.

ހުސައިން އަލީ އަކީ ޒުވާނުންނަށް ހުރި ނަމޫނާއެވެ. އިޖުތިމާއީ ޚިދުމަތާއި, ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޫހެކެވެ. މިސާލެކެވެ. އަދި އޮތީ ކުރިއަށެވެ. ހުސައިން އަލީގެ ބަހުން ނަމަ މިއީ އަދި ހަމަ ފެށުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow