ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

2 hours ago - 23:17
Advertisement
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވީ، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހ. ރަބީޢީމަންޒިލް، ޢަބްދުﷲ ޝާހިދު (64އ) ކަމަށެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 21:59 ހާއިރުއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެމަނިކުފާނުގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ތުހުމަތުތައް އެމަނިކުފާނު ވަނީ އެއްކޮށް ދޮގުކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement