މިމަހު 20 ގައި ގައުމީ އިނާމަށް ކުރިމަތިލާން ހުޅުވާލަނީ
މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޤައުމީ އިނާމް ދެއްވަނީ:ފޮޓޯ-ރައީސް އޮފީސް

މިމަހު 20 ގައި ގައުމީ އިނާމަށް ކުރިމަތިލާން ހުޅުވާލަނީ

12 months ago - 15:23
Apr 17, 2025 - 15:24
Advertisement
Advertisement

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިމަހުގެ 20 ވާ އާދީއްތަ ދުވަހު ހުޅުވާލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. 20 ވަނަ ދުވަހު ފުރުޞަތު ހުޅުވާލުމަށްފަހު އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަގުތުދޭންވެސް ކޮމިޓީން ވަނީ ނިންމަވާފައެވެ.

ޤައުމީ އިނާމަށް މިއަހަރު ހުޅުއްވައިލެއްވުމަށް ނިންމަވައިފައިވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭނެ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވެއެވެ.

ޤައުމީ އިނާމް މިހާރު ދެއްވަނީ ޤައުމީ ދުވަހުއެވެ. ކުރިން އެއިނާމް ދެއްވަމުން އައީ ޖުމްހޫރީ ދުވަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement