ރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށް ރައީސްގެ މުހިންމު ނިންމެވުމެއް

ރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށް ރައީސްގެ މުހިންމު ނިންމެވުމެއް

މިކަން ހާމަ ކުރައްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި

4 days ago - 17:54
Oct 14, 2024 - 18:58

ދިވެހިރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ. 

މި ނިންމެވުންތައް ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވީ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow