ރައީސް މުއިއްޒުގެ ރިޔާސީ ވައުދު މަތިން މަލީހު ހަނދުމަކޮށްދެއްވައިފި
ރައީސް މުއިއްޒުގެ ރިޔާސީ ވައުދު "ޔާމީން މިނިވަންކުރުން" މަތިން މަލީހު ހަނދުމަކޮށްދެއްވާއިފި
ރައީސް މުއިއްޒުގެ ރިޔާސީ ވައުދު "ޔާމީން މިނިވަންކުރުން" މަތިން މަލީހު ހަނދުމަކޮށްދެއްވާއިފިއެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދު މަތިން ހަނދުމަކޮށްދެއްވަމުން މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތު ޖެހެންވާއިރަށް ޔާމީން މިނިވަން ކުރުމަކީ ސަރުކާރަށް ކޮންމެހެން ވެސް ލާޒިމު ކަމެއް ކަމަށެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ.
އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ފެށި ނަމަވެސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވެ އެވެ. މައްސަލައާ ހަވާލުވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މި ވަގުތު ތިއްބެވީ ވެސް ޗުއްޓީގަ އެވެ.
ވީހާވެސް އަވަހަށް އަޑުއެހުންތައް ތާވަލު ކުރާނެ ކަމަށްކޯޓުގެ އިދާރާއިން ބުނެފައިވާ ކަމަށް، ހައި ކޯޓުން މައުލޫމާތު ސާފުކުރުމަށް ފަހު، ކޯޓުގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި މުހައްމަދު މަލީހު ޖަމާލު ވިދާޅުވިއެވެ.
"ހައި ކޯޓުން ވިދާޅުވީ ވީހާ ވެސް އަވަހަކަށް މައްސަލަ ތާވަލުކޮށްދޭނެ ކަމުގެ ޔަގީންކަން. މާދަމާ ދެ ފަނޑިޔާރުން އެނބުރި އަންނާނެ،" މަލީހު ވިދާޅުވި އެވެ.
ސަރުކާރުން ބުނަނީ ޔާމީން މިނިވަން ކުރުމުގެ ރިޔާސީ ވައުދު މިހާރު ފުއްދިފައިވާ ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ނުފޫޒު ފޯރުވުން ވަނީ ހުއްޓާލާފައި ކަމަށެވެ.
އަދި ރައީސް މުއިއްޒު ގޮވާލެއްވުމާއެކު ޔާމީން ޖަލުގެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގޭބަންދަށް ލުއިދިފައިވާ ކަމަށެވެ.
ރިއެކްޝަންސް