ކުދިން ބެލެނިވެރިންގެ ފަރާތުން ސިއްރުން ދަސްކުރާ 8 ކަމެއް...ފުރަތަމަ ބައި
ކުޑަކުދިން ދަސްކުރަނީ ގޭތެރެއިން މައިބަފައިންގެ ފަރާތުން ފެންނަ ކަންކަން

ކުދިން ބެލެނިވެރިންގެ ފަރާތުން ސިއްރުން ދަސްކުރާ 8 ކަމެއް...ފުރަތަމަ ބައި

3 days ago - 10:27
Oct 19, 2024 - 10:28

ކުޑަކުދިންނަކީ އަބަދުވެސް އެކުދިންގެ މާހައުލުން ކަންކަން ދަސްކުރާ ބައެކެވެ. އެކުދިންގެ ފުރަތަމަ ރޯލް މޮޑެލުންނަކީ މައިންބަފައިންނެވެ. އެކުދިންގެ އަމަލުތަކުން ތިމާ އުޅޭއުޅުމަށް ސަމާލުކަން ދޭހެން ހީނުވިއަސް ތިމާގެ އުޅުން އެކުދިން ވަރަށް ގާތުންބަލައެވެ. ޙާއްސަކޮށް ތިމާގެ އަމަލުތައް އެހެން މީހުންނާމެދު ބަހައްޓާގޮތް އެކުދިންގެ ސަބްކޮންޝަސް މައިންޑްގައި ރައްކާކުރެވެއެވެ. އަދި އެކަންކަން އެކުދިންގެ ހެދިބޮޑުވުމުގައި މުޙިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ކުޑަކުދިންގެ ތެރޭގައި އުޅޭއިރު އެފަދަ ކަންކަމަށް ފަރުވާތެރިވުން މުޙިއްމެވެ. މި އާޓިކަލްއިން އޭގެތެރެއިން ދެތިން ކަމަކަށް ބަލާލާނަމެވެ.

1. ތިމާ އެހެން މީހުންނާ މެދު އަމަލުކުރާގޮތް: ކުދިން އަބަދުވެސް ތިމާ އެހެން މީހުންނާ މެދު އަމަލުކުރާގޮތް ބަލާ ދަސްކުރެއެވެ. އާއިލާ މީހުން އިން ފެށިގެން ނުދައްނަ މީހުންނާ މެދުވެސް މެއެވެ. އޭގެ ތެރޭގައި ހިމެނޭ ޖަޒުބާތު ތަކާއި ސިފަތައް (އޯގާތެރިކަން, އިޙްތިރާމް އަދި ކެތްތެރިކަން) ވަރަށް ފަރުވާތެރިކަމާއެކު ބަލާނެއެވެ. އެހެންކަމުން އެހެންމީހުންނާ މެދު ކުދިން ކުރިމަތީގައި އަމަލުކުރާ ގޮތާމެދު ފަރުވާތެރި ވުމަކީ ކުދިންގެ ކިބައިގައި އޯގާތެރިވުމާއި އަޅާލުމުގެ ސިފަ އަދި އެހެނިހެން އިޖްތިމާއީ އާދަތައް ހަރުލެއްވުމަށްޓަކައި ވިސްނާލަންޖެހޭ ކަންކަމެވެ.

2. އަމިއްލަ ނަފްޞަށް އަޅާލުމުގެ އާދަ: އަމިއްލަ ނަފްޞަށް ތިބާ ވަގުތު ދޭތޯ އެކުދިން ބަލައެވެ. މިސާލަކަށް ހުސްވަގުތުގައި އެންމެ ގަޔާވާ ފޮތް ކިޔަނީތޯ ނޫނީ ފިލްމެއް ބަލައިން ވިއަސް އަމިއްލަ ނަފްޞަށް ވަގުތު ހުސްކުރޭތޯއެވެ. ނުވަތަ އަމިއްލަ ނަފްޞަށް އަޅާލުމުގެ ގޮތުން ކުރާ ކަންކަން ކުދިން ދެނެގަނެ އެކުދިންވެސް ހެދިބޮޑުވާއިރު އެސިފަ އެކުދިންގެ ފުށުންވެސް ފެންނާނެއެވެ.

3. ސިއްޙަތާއި ދުޅަހެޔޮކޮށް ހުރުމަށް ސަމާލުކަންދޭ މިންވަރު: އަމިއްލަ ސިއްޙަތަށް އަޅާލާނަމަ ކުދިންނަށް އެކަން އެނގޭނެއެވެ. ކަސްރަތާއި މިންހެޔޮކާނާ ކެއުމުގައި ހިމާނާނަމަ އެކަން, އަދި ކެއުމަށް ސަމާލުކަން ނުދީ ކާގަޑިތަކަށް ފަރުވާ ކުޑަކުރާނަމަ އެކަންވެސް މެއެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ކުދިން ހެދިބޮޑުވަމުން އަންނައިރު އެކުދިންގެ ސިއްޙަތަށް އަޅާލުމަށް ކުދިންނަށް މުޙިއްމު ފިލާވަޅަކަށް ވާނެއެވެ.

Advertisement

4. ކަންތައްތައް ޙައްލުކުރުމުގައި އަމަލުކުރާގޮތް: މައިންބަފައިން އަބަދު ދެބަސްވެ, ޒުވާބު ކުރާނަމަ އެކުދިންގެ ސަމާލުކަން އެކަމަށް ވަރަށް ފަސޭހައިން ދަމައިގަންނާނެއެވެ. މައްސަލަ ހައްލުވެއްޖެތޯ, އަދި ދެބަސްވުމަށްފަހު އެކަކު އަނެކެއްގެ އަމަލުތައް އެދެމީހުންގެ މެދުގައި ހުރީ ކިހިނެއްތޯވެސް ބަލާނެއެވެ. އަދި ދެބަސްވާނަމަ އެކަމުގައި އިހްތިރާމް ހިމެނޭތޯ ނޫނީ ނޫންތޯވެސް ބަލާނެއެވެ. އެހެންކަމުން ދެބަސްވާން ޖެހިއްޖެ ޙާލަތެއްގައި ވެސް އެކަކު އަނެކަކަށް އިހްތިރާމާއެކު އަދި ކަންކަން ހައްލުކުރާނެ ޓެކްނިކްތައް ކުދިންނަށްވެސް ދަސްވާގޮތަކަށް, އަދި އެކުދިންގެ ކުރިމަގަށް އޭގެން ރަނގަޅު ފިލާވަޅު ލިބޭގޮތަށް ދުޅަހެޔޮ ދެބަސްވުމަކަށް ދަމާއެވެ. އޭގެ ތެރޭގައި އެކަކު އަނެކަކަށް ދޫދިނުމާއި, ކަމެއް ދޫކޮށްލަން (ކޮމްޕްރޮމައިޒް) ޖެހިއްޖެ ހާލަތުގައި އެކަން ކުރާނެ ގޮތްވެސް ދައްކާށެވެ. އަދި މައްސަލަ ހައްލުވުމަށް ފަހު ކުރިން އޮތް ގާތްކަމާ ލޯބި ފާޅުވާ ގޮތަށް ދެމީހުންގެ އަމަލުތައް ބެހެއްޓުންވެސް ވަރަށް މުހިއްމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow