ޑްރަގު ނެޓްވޯކެއް އަތުލައިގަނެފި

ޑްރަގު ނެޓްވޯކެއް އަތުލައިގަނެފި

13 hours ago - 11:02

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިސް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ އަތޮޅު މާކުރަތަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ:

މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ)
ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ)
ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ)

ޑިންގީއެއްގައި މާކުރަތަށް ފޭބި މި ތިން މީހުން އެ ރަށުގެ ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަތުލައިގަތް ތަކެތީގެ ވަގުތީ ބަރުދަނުގައި 104 ގުރާމު ހުރި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޠަލްޙަތު ނަސީމްގެ ބަންދަށް 10 ދުވަސް އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދުގެ ބަންދަށް ހަތަރު ދުވަސް ކޯޓުން ވަނީ ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow