ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ފަށައިފި

ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ފަށައިފި

ކ. މަނިޔަފުށީގައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ފަށައިފި

6 months ago - 16:38
Feb 8, 2024 - 19:19

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

ކ. މަނިޔަފުށީގައި މިތަމްރީން ޕްރޮގްރާމް ފެށުމުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަމްޒަތު އަޙްމަދެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގެ އަމާޒަކީ، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމެވެ.

މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހުން ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow