
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ލިބޭނީ %20 – ނަޝީދު
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ލިބޭނީ %20 ކަމަށް މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު އެމްޑީޕީއާ އަލުން ގުޅުމަށް ސަލްޓަންޕާކްގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށާއި, ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު އިރާދަކުރެއްވިއްޔާ ހޯދާނީ ބޮޑުކޮށް ކަމަށެވެ. ސިޓީ ކައުންސިލްތަކާއި, ރަށު ކައުންސިލްތައް ހިމެނޭ ގޮތަށް 194 ކައުންސިލް ކާމިޔާބުކުރަން އެމްޑީޕީއަށް ޖެހިއްޖެ ކަމަށް ވިދާޅުވިއެވެ.
"ރައީސް މުއިއްޒު އަޅުގަނޑު ދެންނެވީމަ ހިސާބު ޖައްސަވާތި, މަނިކުފާނަށް %20." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ދިވެހިރައްޔިތުން އިތުބާރު ރައްދުކޮށްދޭނެ ކަމަށެވެ. ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ހޯދާން ޖެހިއްޖެކަމަށްވެސް ވިދާޅުވިއެވެ.
ރިއެކްޝަންސް






