އިޒްރާއިލް އާ ގުޅުންހުރި ކުންފުނިތަކުން ކޮންޓެއިނަރ ޝިޕިން ކުންފުނި 'މެއަރސްކް' ވަކިވަނީ

އިޒްރާއިލް އާ ގުޅުންހުރި ކުންފުނިތަކުން ކޮންޓެއިނަރ ޝިޕިން ކުންފުނި 'މެއަރސްކް' ވަކިވަނީ

މި ނިންމުން ނިންމާފައިވަނީ ފަލަޞްޠީނުގެ ބިންތައްހިފާ އިޒްރާއިލްގެ އަސްކަރިއްޔާއާއި މެއަރސްކް އާ ގުޅުން އޮންނަކަމަށް ފެތުރިފައިވާ އަޑުތަކާއެކު

5 hours ago - 21:28
Jun 23, 2025 - 21:33

ކޮންޓެއިނަރ ޝިޕިންގެ ދުނިޔޭގެ އެންމެ ވަރުގަދަ ޑެންމާކްގެ 'މެއަރސްކް' އިން  ހުޅަނގު އައްސޭރީގައި އިޒްރާއިލްއިން ފޭރިގަނެފައިވާ ފަލަޞްޠީނުގެ ބިންތަކުގައި ހުރި ކުންފުނިތަކާއެކު ކުރަމުން އައި ވިޔަފާރިތައް ހުއްޓާލަން ނިންމާފައިވާކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ. 

ކުންފުނީގެ މި ނިންމުން އައިސްފައިވަނީ އެ ފަލަޞްޠީނާ ގުޅުންހުރި މައްސަލަތަކުގައި އެތައް މަހެއްވަންދެން  އެކްޓިވިސްޓުން ކުންފުންޏަަށް ކުރަމުންއައި ފިއްތުންތަކާއެކުއެވެ.

ފަލަޞްޠީނިއަން ޔޫތް މޫވްމަންންޓް (ޕީވައިއެމް) ގެ ފަރާތުން ފެށި މި ހަރަކާތާއެކު މެއަރސްކް ގެ ޝިޕްމަންޓްތަކަށް ވަރަށް ބޮޑަށް ފާރަވެރި ވަމުންނެވެ. ވަކިން ހާއްސަކޮށް އެމެރިކާއިން ބޭރުކުރާ އަސްކަރީ އާލާތްތައް އެ ބޯޓްތަކުގެ ކޮންޓެއިނަރ ތަކުގައި އުފުލާތޯ ބެލުމަކީ އެމީހުންގެ އެންމެ ބޮޑު ފޯކަސްއެވެ.

މީގެ އިތުރުން ޕީވައިއެމް އިން އައީ އިޒްރާއިލްއިން ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކުގައި ހުރި ޣައިރު ޤާނޫނީ ކުންފުނިތަކާއި މައެސްކް އާ ހުރި ގުޅުން ދެނެގަނެ, މި ކާގޯތަކުން ތަކެތި އެ ކުންފުނި ތަކަށް ޓްރާންސްޕޯޓް ކުރާގޮތްވެސް ދިރާސާ ކުރަމުންނެވެ.

Advertisement
Advertisement

މިމަހު 18 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ  އިޒްރާއިލްގެ އަސްކަރިއްޔާ އާ ގުޅުވައިގެން ފެތުރޭ ވާހަކަތަކާ ގުޅިގެން ކުންފުނީގެ ޝިިޕިންގެ ސްކްރީނިންގ ޕްރޮސީޖަރ ތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އެ ސްކްރީނިން ޕްރޮސީޖަރ ތައް މިހާރު ހުންނާނީ އދ ގެ އިންސާނީ ހައްގުތަކާގުޅޭ އޮފީހުގެ ޑޭޓާތަކާ އެއްގޮތަށް ކަމަށްވެސް ކުންފުނިން ވަނީ ޔަގީންކަން ދީފައެވެ.

"މެއަރސްކް އިން ހަނގުރާމަ ހިނގަމުންދާ އެއްވެސް ސަރަހައްދަކަށް އެ ކުންފުނީގެ ބޯޓްފަހަރުގައި ހަތިޔާރު އުފުލުމުން އެއްކިބާވުމަކީ މި ކުންފުނިން އަބަދުވެސް ވަރަށް ހަރުކަށިކަމާއެކު ދަމަހައްޓާ އުސޫލެއް" ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތައް ދޮގުކޮށް ކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. 

ނަމަވެސް މި  ބަޔާނުގައި މެއަރސްކް އިން އިޒްރާއިލް އާ ގުޅުންހުރީ ކިތައް ވިޔަފާރިކަމެއް ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި 100 އަށްވުރެ ޣައިރު ޤާނޫނީ ވަޒަންތަކެއް ހަދާ އެތަންތަނުގައި ބައިލައްކައަށްވުރެ ގިނަ ޔަހޫދީން ވަނީ ވަޒަންވެރިކުރުވާފައެވެ. މިއީ ބައިނަލް އަޤުވާމީ ޤާނުނުތަކަށް ގޮންޖަހާ އިޒްރާއިލްއިން ފަލަޞްޠީނުގެ ބިންތައް ހިފަމުން އަންނަ ގޮތުގެ ފުރިހަމަ ހެއްކެކެވެ.

މެއަރަސްކް ގެ ނިންމުމާ ގުޅޭގޮތުން ޕީވައިއެމްއިން ބުނެފައިވަނީ މިއީ ދުނިޔޭގެ ޝިޕިންގެ ސިނާއަތަށް ލިބުނު ބަރުގަދަ މެސެޖެެއްކަމެވެެ. އެއިީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯލެނބުމާއި އަސާސި އިންސާނީ ހައްގުތަކަކީ ދޫކޮށްލެވެން ނެތް ކަންކަން ބުނެދޭ މެސެޖުކަމަށެވެ. 

"އިޒްރާއިލްއިން ފޭރިގަނެގައިވާ ބިންތަކުގައި ހިންގާ ވިޔަފާރިތަކާ އެކު ވިޔަފާރި ކުރުމަކީ މިހާރު އޮތް ގޮތެއް ނޫންކަން އެެނގިއްޖެ. މުޅި ދުނިޔެ އޮތީ މިކަމުުން ދެން މިސާލު ނަގަނީ ކޮނަ ބައެއްތޯ ބަލަން" ޕީވައިއެމުން ބުނެފައި ވެއެވެ.

ނަމަވެސް ޕީވައިއެމްުން ބުނެފައިވަނީ މެއަރސްއިން މިހާރުވެސް އިޒްރާއިލްގެ އަސްކަރިއްޔާއަށް ތަކެތި ފޯރުކޮށްދޭ ކަމަށާއި އޭގެތެރޭގައި އެފް-ތިނެއްގެ ފައިޓަރ ޖެޓްތައް ހިމެނޭކަމަށެވެ. އެހެންކަމުން މެއަރސްކް, އަދި އެހެން ކުންފުނިތަކުންވެސް ފަލަޞްޠީނުގެ ރައްޔިތުންގެ މައްޗަށް ޤާތުލްއާންމު ހިންގަން އެހީވާ ކޮންމެ ބަޔައެއް , އެމީހުން އެގުޅުން ކަނޑާލަންދެން ކޮންމެ އަމަލަކަށް ފާރަވެރިވެ އެވާހަކަ ހެއްކާއެކު ދައްކާނެ ކަމުގައެެވެ. 

ފާއިތުވި އަހަރު ސްޕެއިން އިންވަނީ އިޒްރާއިލްއަށް ހަތިޔާރު އުފުލާ މެއަރސްކް ގެ ބޯޓްތައް އެގައުމުގެ ބަނދަރުތަކުގައި ބޭނުންކުރުންވެސް މަނާކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow