
ޣައްޒާގެ ހަނގުރާމަ މިހާރު އެ ގެންދަނީ އެންމެ އަނިޔާވެރި މަރުހަލާއަށް: ގަޓަރޭސް
ޣައްޒާއަށް ވަދެފައިވާ އެހީއަކީ ސަމްސަލެއްގެ މިންވަރުކަމަށް އޭނާ ވަނީ ސިފަކުރައްވާފަ
ޣައްޒާގެ ރައްޔިތުން މިހާރުވެސް އެ ތަޙައްމަލު ކުރަމުންގެ ގެންދަނީ އަނިޔާވެރި ހަނގުރާމައެއް ކަމަށާއި, އަދި މިހާރު ހަނގުރާމައިގެ މިސްރާބުވެސް ހުރީ އެންމެ އަނިޔާވެރި މަރުހަލާއަށް ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭސް ވިދާޅުވެއްޖެއެވެ.
ދިގުދެމިގެންގޮސްފައިވާ އިޒްރާއިލްގެ ޤަތުލްއާންމާއެކު ޣައްޒާއަށް އިންސާނީ އެހީވަނުން ހުއްޓުވާ, ޣައްޒާގެ މުޅި އާބާދީ ހައިހޫނުކަމަށް ވައްޓާލާފައި ވާތީ ކަމަށް ގަޓަރޭސް ވަނީ ވިދާޅުވެފައެވެ. ޣައްޒާއަށް ހޯމަ ދުވަހުން ފެށިގެން މަދު މިންވަރެއްގެ އެހީ ވަދެފައި ވާއިރު އެއީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމަށް ބަލާއިރު ސަމްސަލެއްގެ މިންވަރުކަމަަށްވެސް ގަޓަރޭސް ވަނީ ސިފަކުރައްވާފައެވެ.
"ގާތްގަނޑަކަށް 80 ދުވަސްވަންދެން އިޒްރާއިލްއިންވަނީ ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަންބޭނުންވާ އެންމެ ޒަރޫރީ ސާމާނުވެސް ޣައްޒާއަށް އެތެރެވިޔަނުދީ ހިފަހައްޓާފަ. މުޅި ޣައްޒާގެ އާބާދީ ވަނީ ގާތްގަނޑަކަށް ބަނޑަށްޖެހިފަ" ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާވެރިކަން ކުށްވެރިކޮށް ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ގަޓަރޭސް ވިދާޅުވެފައި ވެއެވެ.
ހޯމަ ދުވަހުންފެށިިގެން 100 އެއްހާ އެހީގެ ޓްރަކް ޣައްޒާއަށް އެތެރެވެފައިވީ ނަމަވެސް އެހީގެ ސާމާނު ޣައްޒާގެ ރައްޔިތުނަންނަށް ފޯރުމުގައި ހުރި ގޮންޖެހުންތައް ގިނަކަށް ގަޓަރޭސް ފާހަގަކުރެއްވިއެވެ. އެއީ ޣައްޒާގެ ބިމުގެ ގާތްގަނޑަކަށް 80 އިންސައްތައިގެ ސަރަހައްދު މިހާރު އޮތީ އިޒްރާއިލްގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމުން އެސަރަހައްދުތަކުގައި އެހީދޭ ޖަމާއަތްތަކުގެ މުވައްޒަފުންނަށް އެކްސެސް ނެތުމާއި އެކުއެވެ.
" ޣައްޒާއަށް ވަންނަ އެހީ ހުއްޓުމެއްނެތި ވަދެ, އެކަށީގެންވާ ގޮތެއްގައި ޣައްޒާގެ އާބާދީއަށް ނުފޯރާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާއިން ގިނަބަޔަކު ބަންޑަށް މަރުވެދާނެ ކަމުގެ އިންޒާރުވެސް ގަތަރޭސް ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް






