ނެޓްޒަރިމް ކޮރިޑޯގެ ބައެއް އިޒްރާއިގެ ބާރުގެ ދަށަށް ގެނެސް އެއްގަމު މަގުން އައްޒާއަށް އަރައިގަންނަން ތައްޔާރުވަނީ
އިޒްރާއިލްގެ ޓޭންކަތުތައް ނެޓްޒަރިމް ކޮރިޑޯގައި. ފޮޓޯ: ރޮއިޓާސް

ނެޓްޒަރިމް ކޮރިޑޯގެ ބައެއް އިޒްރާއިގެ ބާރުގެ ދަށަށް ގެނެސް އެއްގަމު މަގުން އައްޒާއަށް އަރައިގަންނަން ތައްޔާރުވަނީ

2 days ago - 17:57
Mar 20, 2025 - 18:20

އިޒްރާއިލްގެ އަސްކަރިއްރާއިން މައުލޫމާތު ދޭގޮތުގައި ނެޓްޒަރިމް ކޮރިޑޯގެ އެންމެ މުހިންމު ހިސާބު އެމީހުންގެ ބެލުމުގެ ދަށަށް މިހާރުވަނީ ގެނެސްފައެވެ. ހަމަ މިއާއެކު އިޒްރާއިލްގެ ޓޭންކަރުތަކާއި ބުލްޑޯޒަރުތައް ޣައްޒާގައި އެއްގަމު މަގުން ހަމަލާތައް ފެށުމަށް ގާތްގަނޑަކަށް ތައްޔާރުވެފައިވާ ކަމަށްވެސް އަސްކައްރިއްޔާއިން މައުލޫމާތު ދީފައިވެއެވެ.

އަންގާރަ ދުވަހުން ފަތިހުންފެށިގެން ވައިގެމަގުން ބާރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދެމުން ގެންދާއިރު ފުރަތަމަ ދުވަހު އެކަނުވެސް 400 އަށްވުރެ ގިނަ މީހުން ވަނީ ޣައްޒާއިން ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި އިއްޔެ އެކަނިވެސް 100 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު ހާހެއްހާ މީހުން ތިން ދުވަސް ތެރޭގައި ވަނީ ޒަހަމްވެފައެވެ.

އިޒްރާއިލްގެ އަސްކަރިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި ނެޓްޒްރިމް ކޮރިޑޯގެ މުހިއްމު ސަރަޙައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައުވަނީ ބުދަ ދުވަހުއެވެ.

އިޒްރާއިލެ އަސްކަރިއްޔާގެ ފައުޖުރައް ނެޓްޒަރިމް ކޮރިޑޯއިން އެއްކޮށް ފައިބާފައިވަނީ ފާއިތުވި މަހުއެވެ. ނެޓްޒަރިމް ކޮރިޑޯއަކީ ޣައްޒާގެ އުތުރާއި ދެކުނު ބިމުގެގޮތުން ދެބައިކޮށް އިޒްރާއިލްއިން ހަދާފައިވާ ސަރަޙައްދެކެވެ. ބޭނުމަނީ އުތުރު ޣައްޒާ އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށުގައި ބާއްވާ, އުތުރު ޣައްޒާގެ ނަޞްލުނައްތާލުމެވެ. ކޮރިޑޯގެ ސަބަބުން އުތުރުން ދެކުނަށް, އަދި ދެކުނުން އުތުރަށް ޣައްޒާގެ ރައްޔިތން ދަތުރުކުރުމުގެ ހުއްދައެއް ނޯވެއެވެ.

Advertisement
Advertisement

އިޒްރާއިލްއިން ޣައްޒާގައި 2023 އޮކްޓޯބަރުން ފެށިގެން ހިންގަންފެށި ޤަތުލްއާންމާއެކު އުތުރުން ދެކުނަށް ނުދެވި ތާށިވެފައި ތިބި 400,000 އެއްހާ ރައްޔިތުނަށް އަސާސީ އަދި ޒަރޫރީ އެއްވެސް އެހީއެއް ނުލިބި, ފެނާއި ކަރަންޓްވެސް ނެތި ތިން މަސްދުވަހު އުތުގައި ތާށިކޮށްފައި ބޭތިއްބި ތިބުން ނިމުމަކަށް އައީ ހަމާސްއާއި އިޒްރާއިލްއާ ދެމެދު 19 ޖެނުއަރީގައި އަމަލުކުރަންފެށި އެއްބަސްވުމާ އެއްގޮތަށެވެ. ނަމަވެސް އިޒްރާއިލްއިން ވަނީ އެއްބަސްވުމާ އެތައް ފަހަރެއްގެ މަތިން ޚިލާފްވެ އެންމެ ފަހުން ހަމަލާތައްވެސް އަލުން ފަށާފައެވެ.

"ނެޓްޒަރިމް އެމީހުންގެ ބާރުގެ ދަށަށް އައުމަކީ ހަމަލާތައް އެއްގަމު މަގުން ގާތްގަނޑަކަށް ފެށުން. މިއީ އެއްގަމު މަގުން އޮޕަރޭޝަންތައް ފެށޭ ހިސާބު" މަޞްރަހް ކަވަރުކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މުޙައްމަދު ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow