ކުރިއާ މެދުވެރިކޮށް ޑްރަގު އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުރިއާ މެދުވެރިކޮށް ޑްރަގު އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

2 hours ago - 11:50

ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ، ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ގދ. ތިނަދޫ، ދޫރަފިޝް، ހަސަން ޝަމްއާން، 30، ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އެތެރެކުރި މަސްތުވާތަކެތީގެ ބާވަތާއި މަގުމަތީ އަގު އަދި ހާމައެއް ނުކުރެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow