ހުޅުމާލޭގައި ކާރެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ

ހުޅުމާލޭގައި ކާރެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ

2 hours ago - 11:44

ހުޅުމާލެ ފޭސް ދޭއްގެ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެއްކޮށް އަނދައި ހުލިވެއްޖެއެވެ. މި ހާދިސާގައި އެ ކާރާ ޖެހިގެން ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 02:15 ހާއިރުއެވެ. ޚަބަރު ލިބުމާއެކު ފުލުހުންނާއި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމު އެ ސަރަޙައްދަށް ގޮސް ކުރި މަސައްކަތުން، ދަންވަރު 02:26 ގައި އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.

މި ހާދިސާގައި އަލިފާން ރޯވި ކާރު ބޭނުންނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން ގެންދަނީ ބަލައި ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow