އޮފީހަކުން 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

އޮފީހަކުން 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

2 hours ago - 08:47

މާލޭގައި ހިންގާ އޮފީހަކުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 11،000 އަށް ވުރެ ގިނަ ޑޮލަރު (ޖުމްލަ 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު ހުށަހެޅި މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، އެ އޮފީހުން 1،252،505 ރުފިޔާ އާއި 11،470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރ. މަޑުއްވަރީގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • އަހުމަދު ނާޒިމް (31އ)، ފުއްޓަރު / ރ. މަޑުއްވަރި
  • ހުސައިން ސަބާހް (42އ)، މުޝްތަރީގެ / ރ. މަޑުއްވަރި
  • އާއިޝަތު ނަޝާޔާ (32އ)، ސްޓާލައިން / ރ. މަޑުއްވަރި

މި މީހުންގެ ތެރެއިން ނާޒިމް ހައްޔަރުކުރީ މި މަހުގެ 22 ގައެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ސީސީޓީވީ ފުޓޭޖުތައް ބަލައި މި މީހުން ދެނެގަތުމަށްފަހު، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރިއިރު ވަގަށް ނެގި ފައިސާގެ ތެރެއިން 1،093،122.25 ރުފިޔާ އާއި 8،845 ޔޫއެސް ޑޮލަރު ފުލުހުން ވަނީ ހޯދައިފައެވެ.

ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. އަދި ސަބާހް 30 ދުވަހަށް އަދި ނަޝާޔާ ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ މުއްދަތު ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow