ބުރުނީ ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވައި ބަނދަރުގެ މަސައްކަތް  ފައްޓަވަނީ

ބުރުނީ ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވައި ބަނދަރުގެ މަސައްކަތް  ފައްޓަވަނީ

ބުރުނީ ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވަނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

6 months ago - 12:31
Feb 7, 2024 - 15:14

ތ.ބުރުނީ ރައްޔިތުން އެދޭގޮތަށް ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ބުރުނީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެރަށަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެޅިފައިވާކަމުގައި ވިދާޅުވިއެވެ.

މިހާރު ހުއްޓިފައި އޮތް މަޝްރޫޢު އަވަހަށް ފަށައި އަވަހަށް ނިންމުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވައި، ރައްޔިތުން އެދޭގޮތަށް އެމަސައްކަތް ނިންމަވައިދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެރަށުގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަކީވެސް ނިމިދިޔަ ސަރުކާރުގައި ސޮއިކުރެވި އެއްވެސް ޢަމަލީ މަސައްކަތެއް ނުފަށައި އޮތް މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢުވެސް ރައްޔިތުން އެދިލައްވާގޮތަށް، ރައްޔިތުންނަށް އެންމެ މުހިންމު މިފަދަ މަޝްރޫޢުތަކަށް ސަމާލުކަންދީގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކައުންސިލްތަކަށް ކަނޑައަޅާފައިވާ އިޙްތިޞާސްގެ ދަށުން ރަށްރަށް ހޯދައި، މާލީ ބާރުވެރިކަން ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުގެ ދަށުން ބުރުންޏަށްވެސް ވަރަށް ބޮޑު އިޤްތިޞާދީ ފުރުޞަތުތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށާއި، އެކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ޕާކްތަކާއި ކަސްރަތުކުރާ ތަންތަން ހެދުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ ސިޔާސަތުގެ ދަށުން ބުރުނީގައިވެސް އެމަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow