
މާލިއްޔަތު ކޮމިޓީން ޝުޖާއު ބަދަލުކޮށްފި
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ބަދަލުކޮށްފިއެވެ. ޝުޖާއުގެ ބަދަލުގައި އެކޮމިޓީއަށް އައްޔަންކުރެއްވީ ގުރައިދޫ ދާއިރާގެ ހަނާން މުޙައްމަދު ރަޝީދު އެވެ. މިބަދަލު ގެންނެވިކަން މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރިޔާސަތުން ރައީސް ޢަބްދުއްރަހީމް ޢަބްދުالله ވަނީ އިއުލާނުކުރައްވާފައެވެ.
ޕީއެންސީގެ ނައިބުރައީސްކަން ވެސް ކުރައްވާ ޝުޖާއު ބަދަލުކުރެއްވީ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށެވެ. އެކޮމިޓީގައި ކުރިން އިންނެވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެވެ.
މިބަދަލު ގެންނަވާފައި މިވަނީ ޝުޖާއުގެ ހިއްސާ އޮތް އަދި ގުޅުންހުރި ކުންފުނިތަކަކަށް މާލީ ވަރަށްބޮޑަތި މަންފާތައް ލިބިފައިވާ ކަމަށް ބުނާ ރިޕޯރޓެއް ޢާއްމުވެ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައި ވަނިކޮށެވެ. އަދި އެމައްސަލައާ ގުޅިގެން އެރިޕޯރޓް ތައްޔާރުކުރިކަމަށް ބުނާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ތާވަލްކޮށްފައި ވަނިކޮށެވެ.
ރިއެކްޝަންސް






