
ހާފިޒުންގެ ބޮޑުކުރި އެލަވަންސް ދޭން ފަށައިފި
ހާފިޒުންނަށް މިހާރު ދެނީ 4000 ރުފިޔާގެ އެލަވަންސެއް
ހާފިޒުންގެ ބޮޑުކުރި އެލަވަންސް ދޭން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހާފިޒުންނަށް ބޮޑުކުރި އެލަވަންސް މިއަދު ޖަމާކުރަން ފަށާފައިވާ ކަމަށެވެ.
ހާފިޒުންގެ އެލަވަންސް ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިދިޔަ އަހަރު ވެވަޑައިގެންނެވި ވައުދެކެވެ. އެއީ ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން އެމަނިކުފާނު ނިންމެވި ނިންމެވުމެވެ. ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގަތީ ޖުލައި މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ޑަބަލް ބޮޑުކޮށްދެއްވުމެވެ. ކުރިން ހާފިޒުންނަށް ދެމުން އައީ ދެހާސް ރުފިޔާގެ އެލަވަންސެކެވެ. ޖުލައި މަހުން ފެށިގެން ދޭން ފެށީ ހަތަރު ހާސް ރުފިޔާގެ އެލަވަންސެކެވެ.
ރާއްޖޭގައި މިވަގުތު 250 އަށްވުރެ ގިނަ ހާފިޒުން އެބަތިއްބެވެ.
ރިއެކްޝަންސް






