މި މަހު ބާއްވާ ބައި-އިލެކްޝަންތަކުގައި 10 ވޯޓުފޮށި ބަހައްޓަނީ

މި މަހު ބާއްވާ ބައި-އިލެކްޝަންތަކުގައި 10 ވޯޓުފޮށި ބަހައްޓަނީ

7 hours ago - 22:15

މި ހިނގާ މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންތަކުގައި މާލެއާއި އަތޮޅުތެރޭގައި ޖުމްލަ 10 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.


އީސީން ވިދާޅުވި ގޮތުގައި މި މަހުގެ 28 ވާ ހޮނިހިރު ދުވަހު އޮންނާނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި، އެ ރަށުގެ އިތުރުން ހއ. ހޯރަފުއްޓާއި، ނ. ކުޑަފަރީ އަދި ސ. ހުޅުމީދޫ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.


މި އިންތިޚާބުތަކާ ގުޅިގެން ވޯޓުފޮށިތައް ބަހައްޓާނެ ތަންތަނުގެ ތަފްސީލު ހާމަކުރަމުން އީސީން މިއަދު ބުނެފައިވަނީ، ވޯޓުލުމަށް ޚާއްޞަކޮށްގެން މާލޭގައި 4 ފޮށި އަދި ހުޅުމާލޭގައި އެއް ފޮށި ބަހައްޓާނެ ކަމަށެވެ. މީގެ އިތުރުން ހއ. ހޯރަފުށީގައި އެއް ފޮށި، ވ. ތިނަދޫގައި އެއް ފޮށި އަދި ސ. ހުޅުދޫގައި ތިން ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.


އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ މި ބައި-އިލެކްޝަންތަކަށް ވާންޖެހޭ އެންމެހައި އިދާރީ ތައްޔާރީތައް ވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow