
ޕީއެންސީގެ ބޮޑު މާހެފުމަށް ބޮޑު ތަރުހީބެއް، އެތައްބަޔަކު ބައިވެރިވި
މާހެފުމުގެ އާއްމުންގެ ގިނަބަޔަކު ބައިވެރިވެފައިވޭ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު މާހެފުމަށް ބޮޑު ތަރުހީބެއް ލިބި، ގިނަބަޔަކު މާހެފުމުގައި ބައިވެރިވެއްޖެއެވެ.
މި މާހެފުމުގައި ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުން މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ބައިވެރިވިއެވެ
ސަރުކާރު ހިންގާ މައި ޕާޓީ މިފަދަ ބޮޑު މާހެފުމެއް އާއްމުންނަށް ހުޅުވާލައިގެން ބާއްވާފައިވާއިރު، ރައީސްގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމައި އެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރަށް ރަށަށް މަސްދަޅު ކޭސްތައް މިހާރު ވަނީ ބަހާ ނިންމާފައެވެ. މާލެ ސަރަހައްދަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އިއްޔެ ރެއިން ފެށިގެން ދަނީ ކުރިއަށެވެ.
މިއާއިއެކު ރާއްޖޭގެ މިސްކިތްތަކުގެ އާބާތުރަފިލުވާ ރޯދައަށް މިސްކިތްތައް ނަލަ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ރޯދަމަހާއި ދިމާކޮށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި އެއް އަގެއްގައި ހިފެހެއްޓުމަށްޓަކައި ވެސް ސަރުކާރުން ގެންދަވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް ރޯދަމަހަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެ ގެނެސް މިހާރު ވަނީ ބާޒާރަށް ނެރެފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހީ މާރޗު 1 ވާ ހޮނިހިރު ދުވަހެވެ.
ރިއެކްޝަންސް






