
މަސްދަޅު ދޫކުރަން އޮންލައިން ކިޔު ނަމްބަރު ދޫކުރަނީ
މަސްދަޅު ދޫކުރާނީ ރޭގަނޑު
މަސްދަޅު ދޫކުރަން އޮންލައިން ކިޔު ނަމްބަރު ދޫކުރަން ނިންމައިފިއެވެ. ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކިޔޫގައި ގިނަވަގުތު ތިބެން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ނަމްބަރު ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ. އެނިޒާމްގެ ތެރެއިން ކޮންމެ ރެއަކަށްވެސް, މަސްދަޅު ދޫކުރާ ކޮންމެ ޕޮއިންޓަކުން ކަނޑައެޅޭ ވަކި އަދަދަކަށް ނަމްބަރު ދޫކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.
" އެރެއެއްގައި އެމަރުކަޒަކުން އެބޭފުޅަކަށް މަސްދަޅުކޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ" ބަޔާނުގައި ވެއެވެ.
އެހެންނަމަވެސް މިނިސްޓްރީން ބުނީ އޮންލައިން ނިޒާމްގެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ. މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ މަސްދަޅު ދޫކުރުން ހަމައެކަނި ރޭގަނޑު ކުރިއަށް ގެންދާގޮތަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިރޭ މަސްދަޅު ދޫކުރާނީ 8.00 ން 12.00 ށެވެ.
މަސްދަޅު ދޫކުރާ ޕޮއިންޓްތައް ތިރީގައި އެވަނީ:
މިފްކޯ ކޮމްޕްލެކްސް (މާފަންނު)
އެމް.ޓީ.ސީ.ސީ ސޯމިލް
ހެންވޭރު ދަނޑު
ގަލޮޅު ދަނޑު – ސެޓަޕް 1
ގަލޮޅު ދަނޑު – ސެޓަޕް 2
ގަލޮޅު ދަނޑު – ސެޓަޕް 3
ގަލޮޅު ދަނޑު – ސެޓަޕް 4
ސޯޝަލް ސެންޓަރު
ވިލިމާލެ – ވެމްކޯ ސައިޓް
ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ
ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)
ހުޅުމާލެ – ހިޔާ ޓަވަރު 10
ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް
މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސްދަޅު ދޫކުރުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް






