ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން

ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

11 months ago - 14:42
Advertisement
Advertisement

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފިއެވެ.

ކޮމިޝަނުން މިއަދު ހުޅުވާލީ ފުރަތަމަ ތިން މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ފުރިހަމަކުރަން ޖެހޭ ގޮތަށެވެ. މިއީ 27,700 ރުފިޔާގެ މުސާރައިގެ ޕެކޭޖް ހިމެނޭ ވަޒީފާއެކެވެ. އެއީ މުސާރައިގެ ގޮތުގައި 25,500 ރުފިޔާ އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 700 ރުފިޔާ އެވެ.

ވަޒީގާގެ ޝަރުތަކީ މަގާމާގުޅޭ މަސައްކަތު ދާއިރާއަކުން ލެވެލް 9 އެއްގެ ސަނަދެއް އޮތުމާއެކު ދެ އަހަރުގެ ތަޖުރިބާއެވެ. މާސްޓަރސްއާއެކު ތިން އަހަރުގެ ތަޖުރިބާއިންވެސް މަގާމަށް ޝައުތު ހަމަވެއެވެ. މިމަގާމަށް ކުރިމަތިލެވެނީ 25-55 އަހަރާ ދެމެދުގެ މީހުންނަށެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 23 ވަނަ ދުވަހުގެ 13:00 އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކެޓްރީ ޖެރެނަލްގެ މަގާމް ހުސްވީ ކުރިން އެމަގާމްގައި ހުންނެވި މަރިޔަމް ޒީނިޔާ ސަސްޕެންޑް ކުރުމަށްފަހު މަގާމުން ވަކިކުރުމުންނެވެ. އެއީ ކޮމިޝަނުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭތީއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement