"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2026" މިއަހަރުގެ ފަހުކޮޅު ބާއްވަން ނިންމައިފި

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2026" މިއަހަރުގެ ފަހުކޮޅު ބާއްވަން ނިންމައިފި

7 hours ago - 20:25

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2026" މިއަހަރުގެ ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ހާމަކޮށްފިއެވެ. 


ސްޕޯޓްސް މިނިސްޓްރީން ބުނީ، މާދަމާރޭ ބޭއްވުމަށް ތައްޔާރުވަމުންދާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމުތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ ހަފުލާއެއް ކަމަށެވެ.

މި އެވޯޑު ހަފުލާ ކުރިން 2025 ވަނަ އަހަރުގެ ކުރީކޮޅު ބާއްވަން ތާވަލުކުރެވުނު ނަމަވެސް، ތަފާތު އެކި ސަބަބުތަކާހުރެ މިއަހަރަށް ފަސްކުރެވުނީ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. 


މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، މާދަމާރޭ 2025 ވަނަ އަހަރުގެ އެވޯޑު ހަފުލާ ބޭއްވި ނަމަވެސް، 2025 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement
Advertisement


މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގައި ކުޅެވޭ ހުރިހާ ކުޅިވަރެއް ހިމެނޭހެން، ކުޅިވަރުގެ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އަހަރު ބާއްވާ އެވޯޑު ހަފުލާގައި 18 ކުޅިވަރު އެސޯސިއޭޝަނަކުން އެންމެ މޮޅު ކުޅުންތެރިން ހޮވުމުގެ އިތުރުން، މުޅި އަހަރުގެ އެންމެ މޮޅު އެތުލީޓު ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ބާއްވާ މި ހަފުލާއަކީ ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންގެ ހުނަރު ބަލައިގަނެ، އެކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ވަރަށް މުހިންމު ހަފްލާއެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow