
ކޮޕާ ޑެލް ރޭ: ކްލެސިކޯ ފައިނަލަކަށް ވުން ގާތް!
ކޮޕާ ޑެލް ރޭގެ ސެމީގައި ބާސެލޯނާ އިން އެތްލެޓިކޯ މެޑްރިޑާއި ވާދަކުރަންޖެހި ރެއާލްން ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ނިކުންނަށް ޖެހިއްޖެއެވެ. މިއާއެކު އެލް ކްލެސިކޯ ފައިނަލެއް ފެނުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މުބާރާތުގައި ސެމީ ފައިނަލްގެ ދެ ލެގު ކުޅޭނެއެވެ. ފުރަތަމަ ލެގުގައި ފެބުރުއަރީ ފަހުކޮޅު ބާސެލޯނާ ދަނޑުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުންނައިރު ދެވަނަ ލެގު އެތްލެޓިކޯގެ ދަނޑުގައި އޮންނާނީ އެޕްރީލް މަހުއެވެ. އެހެންކަމުން މި ދެޓީމު އެއްމަސްދުވަހުގެ ތެރޭގައި ތިންފަހަރަށް ވާދަކުރާނެއެވެ. ލަލީގާގައި ބާސެލޯނާ އާއި އެތްލެޓިކޯގެ ކުރިމަތިލުން އޮތީ މާޗު 16ގައެވެ.
ދެވަނަ ލެގުގައި ރެއާލަށް ހޯމް އެޑްވާންޓޭޖް ލިބޭއިރު ފުރަތަމަ ލެގުގެ މެޗު ކުޅޭނީ ސެން ސަބާސްޓިއަންގައެވެ. ފުރަތަމަ ލެގުގެ މެޗުތައް ދެބުރުވަރީ 25 ނުވަތަ 26ގައި ކުޅެން ހަމަޖެހިފައިވާއިރު ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އެޕްރީލް 1 ނުވަތަ 2 ގައެވެ.
މިއީ 2014ގެ ފަހުން ލަލީގާގެ ތާވަލްގެ އެންމެ ކުރީގައިއޮތް ބާސެލޯނާ, ރެއާލް މެޑްރިޑް އަދި އެތްލެޓިކޯ މެޑްރިޑް މި ސްޓޭޖް ގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގައި ވެސް އަދި މި ތިންޓީމު ސަލާމަތުން އެބައޮތެވެ.
ރިއެކްޝަންސް






