
ފައިނޭންސިންގް އަށް ހުށަހަޅާ ގެސްޓް ހައުސް މިހާރު ރަހުނުގެ ގޮތުގައި ބެހެއްޓޭނެ : ބީ.އެމް.އެލް
ގެސްޓް ހައުސް ފައިނޭންސިންގް އަށް ހުށަހަޅާ ގެސްޓް ހައުސް މިހާރު ރަހުނުގެ ގޮތުގައި ބެހެއްޓޭ ގޮތަށް ބީ.އެމް.އެލް ގެ ފައިނޭންސިންގް އުސޫލަށް ބަދަލު ގެނެސްފިއެވެ. މިބަދަލު ގެނެެސްފައިވަނީ ބީ.އެމް.އެލް އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގް ޕްރޮޑަކްޓް ތަކަށް ގެނައި ހެޔޮ ބަދަލު ތަކާއެކުއެވެ.
ގެސްޓް ހައުސް ހިންގާތާ 2 އަހަރު ވެފައިވާނަމަ،ގެސްޓް ހައުސް ފައިނޭންސިންގް އިން 12 އިންސައްތައިގެ ބަދަލުގައި 11 އިންސައްތައިގެ ރޭޓުގައި ފައިނޭންސިންގް ލިބޭނެކަމަށް ބީ.އެމް.އެލް އިން ބުނެފައިވެއެވެ.
ހަމައެއާއެކު، ވަރކިންގ ކެޕިޓަލް ފައިނޭންސިންގް ގެ ގޮތުގައި ހިނގަމުންދާ ވިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިންގް ނެގޭނެ ކަމަށް ބީ.އެމް.އެލް އިން ބުނެފައިވެއެވެ. މީގެއިތުރުން ގިނަ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިފައިނޭންސިންގ ގެ ޝަރުތުތައް ލުއި ކޮށްފައިވެއެވެ.
"މިބަދަލަކީ ދިވެހި ވިޔަފާރި ތަކަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް. ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މި ދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން." - ބީ.އެމް.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވެއެވެ.
ރިއެކްޝަންސް






