އަސްލު ދިވެހި ރަހަތަކާއެކު ޑްރީމްސް ޑައިނަރ ގެ ރޯދަވީއްލާ މެނޫގައި 27 އަށްވުރެ ގިނަ ބާވަތް.
ޑްރީމްސް ޑައިނަރގައި ރޯދަވީއްލުމަށް މިހާރު އޮންލައިންކޮށް ބުކިން ހެދޭނެ.
މިރޯދަމަހު ޑްރީމްސް ޑައިނަރގެ ރޯދަވީއްލާ މެނޫގައި 27 ބާވަތެއް ހިމެނޭ ކަމަށް ޑްރީމްސް ޑައިނާއިން ވިދާޅުވެއްޖެއެވެ.
ޑްރީމްސް ޑައިނަރ އިން ވިދާޅުވީ އެހެން މަސްތަކާއި އަދި އެހެން އަހަރުތަކުގެ ރޯދަމަހާ ޚިލާފަށް މި ރޯދަމަހަށް އެ ރެސްޓޯރެންޓުގެ ރޯދަވީއްލުން ވަނީ ވަރަށް ބޮޑަށް ޚާއްސަ ކުށްފައި ކަމަށެވެ.
އެގޮތުން އެންމެ ޚާއްސަ އެއް ކަމަކީ ރޯދަވީއްލުމަށް ޚާއްސަކޮށްފައިވާ މެނޫ ކަމަށް ޑްރީމްސް ޑައިނަރ އިން މައުލޫމާތު ދެއްވިއެވެ.
ޑްރީމްސް ޑައިނާއިން ވިދާޅުވީ ގޮތުގައި މިފަހަރުގެ ރޯދަ ވީއްލާ މެނޫގައި އަސްލު ދިވެހި ރަހަތައް ހިމެނޭނެ ކަމަށެވެ. އެގޮތުން މި މެނޫގައި 27 ބާވަތެއްގެ ކާބޯތަކެތި ރޯދަވީއްލުމަށް ޚާއްސަ ކޮށްފައިވެއެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލޭގައި ހުންނަ ޑްރީމްސް ޑައިނަރއިން ރޯދަވީއްލުމަށް އޮންލައިންކޮށް ބުކިން ހެދޭނެ ކަމަށާއި އޮންލައިންކޮށް މެނޫވެސް ފެންނަން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން މައުލޫމާތު ދެއްވިއެވެ.
ޑްރީމްސް ޑައިނަރ އިން މައުލޫމާތު ދިން ގޮތުގައި އެ ރެސްޓޯރެންޓުގެ މެނޫގައި ދިވެހި ރަހައިގެ އިތުރުން އިންޑިއާ އަދި ތައި ފުޑްގެ މީރު ރަހަތައް ހިމެނޭނެ އެވެ.
ޑްރީމްސް ޑައިނަރ އިން ވަނީ އެ ރެސްޓޯރެންޓްގެ މާލޭގެ އައުޓްލެޓާއި ހުޅުމާލޭގެ އައުޓްލެޓަށް ގުޅާލުމަށް ވަކި 2 ނަންބަރެއް ތަޢާރަފް ކޮށްފައެވެ. އެގޮތުން މާލޭގައި ހުންނަ ޑްރީމްސް ޑައިނަރ އަށް 7301005 އިން ގުޅޭނެއެވެ. އަދި 7331005 އިން ހުޅުމާލޭގައި ހުންނަ ޑްރީމްސް ޑައިނަރ އަށް ގުޅޭނެއެވެ.
ޑްރީމްސް ޑައިނަރގެ އައުޓްލެޓް ތަކަކީ މާލޭގައި މަދުން ނޫނީ ނުލިބޭނެ ފަދަ ފުރިހަމަ ހިތްގައިމު މާހައުލެއްގައި ހުޅުވާފައިވާ ރެސްޓޯރެންޓްތަކެކެވެ. އެގޮތުން އޭސީ އިންޑޯ އޭރިއާގެ އިތުރުން އައުޓްޑޯ އޯޕަން އެއަރގެ ހިތްފަސޭހަކަން މި ރެސްޓޯރެންޓުން ލިބޭނެއެވެ.
މީގެ އިތުރުން ޑްރީމްސްގެ ރެސްޓޯރެންޓްތަކަކީ ޚިދުމަތް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ރެސްޓޯރެންޓެކެވެ.
ޑްރީމްސްގެ ރެސްޓޯރެންތްތަކުން ދޭ ޚިދުމަތުގެ ތެރެއިން އެ ރެސްޓޯރެންޓުން ވިއްކަމުން އަންނަ ޕިއްޒާ އަކީ މާލޭ ސަރަހައްދުން ލިބެންހުންނަ އެންމެ ރަހަމީރު ޕިއްޒާއެވެ.
ރިއެކްޝަންސް






