މީޑިއާ ކައުންސިލުގެ ގޮނޑިއެއް ހުސްވެ, ބައި އިލެކްޝަނަށް ހުޅުވާލައިފި
މީޑިއާ ކައުންސިލަކީ މީޑިއާތައް ހިއްސާވާ މުހިއްމު ކައުންސިލެއް / ފޮޓޯ: ސޯސަލް މީޑިއާ

މީޑިއާ ކައުންސިލުގެ ގޮނޑިއެއް ހުސްވެ, ބައި އިލެކްޝަނަށް ހުޅުވާލައިފި

1 year ago - 11:58
Mar 10, 2025 - 12:19
Advertisement
Advertisement

މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިޔާތައް ތަމްސީލްކުރާ މެމްބަރެއްގެ ގޮނޑި ހުސްވެ, ބައި-އިލެކްޝަނަށް ހުޅުވާލައިފިއެވެ.  

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ދީފައިވާ ސުންގަޑި އަކީ މިމަހުގެ 18 ވަނަ ދުވަހުގެ   14:00 ގެ ނިޔަލަށެވެ. ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެކައުންސިލްގައި މީޑިޔާތައް ތަމްސީލްކުރަމުން ގެންދެވި ހުސައިން ހަސަން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ދާއިރާއެއްގެ ރައީސްކަމަށް އިންތިޚާބުވެ, ގައުމީ މަޖިލިސް ތަމްސީލް ކުރަން ފެށުމުންނެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. ބައި-އިލެކްޝަނަކުން އިންތިޚާބުވާ މެމްބަރަކަށްވެސް ދެ އަހަރު ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބޭނެ އެވެ. މީޑިޔާ ކައުންސިލް އެކުލެވިގެން ވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިޔާތައް ތަމްސީލް ކުރާ 8 މެމްބަރުންނާއި, އަމިއްލަ 7 މެމްބަރުންގެ މައްޗަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement