އާ ޓާރމިނަލް އަންނަ އަހަރު މެދުތެރޭގައި ނިމޭނެ: ރައީސް
ވީއައިއޭގެ އިންޓަރނޭޝަނަލް އާ ޓާރމިނަލް ނިމިފައި ހުންނައިރު ހުންނާނެގޮތުގެ ކުރެހުމެއް
އާ ޓާރމިނަލް އަންނަ އަހަރު މެދުތެރޭގައި ނިމޭނެ: ރައީސް

އާ ޓާރމިނަލް އަންނަ އަހަރު މެދުތެރޭގައި ނިމޭނެ: ރައީސް

އާ ޓަރމިނަލްގެ 8 އެއިރޯ ބްރިޖުން 3 އެއިރޯ ބުރިޖު މިއަހަރު ފަހުކޮޅު ބޭނުންކުރަން ފަށާނެ

2 months ago - 16:48

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލް އަންނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕަސެންޖަރ އާ ޓަރމިނަލަކީ، އެންމެ  ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެއްޓެވި މަޝްރޫޢެކެވެ. ސަޢުދީ ބިންލާދިން ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ނުނިމި ދިގުލައިގެން ދިޔައީ ކޯވިޑް-19 އާގުޅިގެން ކަމަށް ކުރީ ސަރުކަރުން ވަނީ ބުނެފައެވެ.

ދިވެހި ވަންތަކަމާއި ދިވެހިންގެ ފަންނުވެރިކަން ރަމްޒުވާގޮތަށް ޑިޒައިންކޮށްފައިވާ، ވީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރ މި ޓާމިނަލުގައި 8 އެއިރޯ ބުރިޖް ހުންނަ އިރު، އޭގެތެރެއިން 3 އެއިރޯ ބުރިޖު މިއަހަރުގެ ނިޔަލަށް ނިންމާ ޚިދުމަތް ދެވެން ފެށޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ރޭ ވިދާޅުވި އެވެ.

" 8 އެރޯ ބްރިޖު ހުންނަ އިރު، މަސައްކަތްމިކުރަނީ އެތަނުން މަދުވެގެން 3 އެރޯ ބްރިޖުގެ މަސައްކަތް ނިންމައި މިއަހަރުގެ ފަހުކޮޅު ޚިދުމަތް ދިނުމަށް ފެށުމަށް ކަމަށް އެމްއޭސީއެލުން ވިދާޅުވެފައިވޭ،" ރައީސް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި އެއިރޯ ބްރިޖުތަކާއެކު ފަސިންޖަރުންނަށް ޓާމިނަލުން ސީދާ ބޯޓަށް އެރޭނެއެވެ. އަދި މިއާއެކު ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.

މި ސަރުކާރު ވެރކމަށް އައިސް ފުރަތަމަ އަމާޒު ހިފީ މިއަހަރު ނިމުމުގެ ކުރިން އާ ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނައުމަށެވެ. އެހެންނަމަވެސް އެއަމާޒަށް މިހާރު ވާސިލް ނުވެވޭނެ ކަމަށާއި މިހާރު މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބަލާއިރު އާ ޓާމިނަލްގެ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިފައިވާ މަސައްކަތްތައް ނިންމާލެވޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށްވެސް ރައީސް ރޭ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ކުރިން ޓާގެޓުކުރިން މިއަހަރު ނިމެންވާއިރަށް މަސައްކަތް ނިންމޭތޯ؟ ނަމަވެސް މިހާރު އެއްކޮށް ނިންމަލެވޭނީ މިއަންނަ އަހަރުގެ މެދަކާއި ހަމައަށް ދާއިރު، ޖުލައިމަހާ ހަމައަށްދާންވާއިރަށް އާ ޓަރމިނަލްގެ މަސައްކަތްތަކާއި އެއާ ގުޅިފައިވާ މަސައްކަތްތައް ނިންމާނަން،" ރައީސް ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާ ޓަރމިނަލަކީ އިޤްތިސާދުގެ ވަރަށް ބޮޑު ދޮރާއްޓެއް ކަމަށާއި އެ ޓަރމިނަލް ބޭނުން ކުރަން ފެށުމުން، ރާއްޖެއަށް އިޤްތިސާދީގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. ސަރުކާރުން ވަނީ ވީއައިއޭ ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހިވެސް އިއުލާންކޮށްފައެވެ.

ރައީސް ވިދާޅުވީ އެކަމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ 78 ހާސް އަކަ މީޓަރުގެ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

އާ ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ވެސް  ހުންނާނެއެވެ.

އާ ޓާރމިނަލް ނިމުމުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެ އެވެ. އަދި މި ޓާމިނަލަކީ ވާރަށް ގިނަ ކާބޯތަކެތި ވިއްކާ ތަންތަނާއި، ރީޓެއިލް ފިހާރަތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް ލިބޭގޮތަށް އިމާރާތްކުރެވޭ  ތަނެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow