"ޕީއެންސީ ހައުސް" ރައީސް ޑރ. މުޢިއްޒު ހުޅުއްވައިދެއްވައިފި
ރައީސް މުޢިއްޒު ޕީއެންސީ މައިޖަގަހަ "ޕީއެންސީ ހައުސް" ހުޅުއްވައިދެއްވަނީ
"ޕީއެންސީ ހައުސް" ރައީސް ޑރ. މުޢިއްޒު ހުޅުއްވައިދެއްވައިފި
"ޕީއެންސީ ހައުސް" ރައީސް ޑރ. މުޢިއްޒު ހުޅުއްވައިދެއްވައިފި

"ޕީއެންސީ ހައުސް" ރައީސް ޑރ. މުޢިއްޒު ހުޅުއްވައިދެއްވައިފި

3 months ago - 01:22

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފިއެވެ. 

ހ. ވެޔޮވިލާގައި ޕީއެންސީ މައިޖަގަހަ، ޕީއެންސީ ހައުސް، މިރޭ ހުޅުއްވައި ދެއްވުމަށްފަހު، ރައީސް ޑރ. މުޢިއްޒު ވަނީ ޖަގަހައިގައި ޕީއެންސީގެ ދިދަ ނަންގަވައިދެއްވިއެވެ.

ޖަގަހަ ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޕީއެންސީ އާއި ޕީޕީއެމްގެ ލީޑަރޝިޕްގެ އިތުރުން ސަރުކާރާއެކު މަސައްކަތްކުރަމުން އަންނަ ޕާޓީތަކުގެ ލީޑަރުންނާއި އާންމުން ވެސް  ބައިވެރިވިއެވެ.

ޕީއެންސީ ހައުސް ހުޅުވުމަށް ރޭ ބޭއްވި، ހަރަކާތަކީ މިދިޔަ އޭޕްރީލްމަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު އެ ޕާޓީން ބޭއްވި  ސިޔާސީ ފުރަތަމަ ހަރަކާތެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވިގެންދިޔަ، ހ. ވެޔޮވިލާއަކީ 2023 ވަނައަހަރުގެ މެއި މަހާ ހަމަޔަށް، އެތައް އަހަރެއް ވަންދެން އެމްޑީޕީ ހަރުގެ ހިންގި ޢިމާރާތެވެ. އޭގެ ފަހުން މިދިޔަ މަހާއި ހަމަޔަށް އެގޭގެ ވެރިފަރަތުން އެތަން ދީފައި ވަނީ، އެމްޑީޕީން ވަކިވެގެން ދިޔަ، ރައީސް ނަޝީދު ފެކްޝަނުން އުފެއްދި ދަ ޑިމޮކްރެޓިކްސް އަށެވެ. އޭރު ޝަފިއްޔާ ވެސް ހުންނެވީ އެމްޑީޕީއިން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ގައެވެ. އަހަރެއްހާ ދުވަސް ފަހުން، ދަ ޑިމޮކްރެޓްސް އަތުން އެތަން އަތުލުމަށް ފަހު ދެއްވީ ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށެވެ.  މިރޭ އެތަނުގައި ޕީއެސްސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެގޭގެ ވެރިފަރާތް ކަމުގައިވާ ޝަފިއްޔާ ޒުބައިރު ވަނީ، ޑިމޮކްރެޓްސް އިން ވަކިވެ، ޕީއެންސީއަށް ސޮއިކުރައްވައި، ފޯމު ރައީސް މުޢިއްޒުއާ ހަވާލުކުރައްވާފަަަަަ އެވެ.

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ، ހ.ވެޔޮވިލާގައި އަބަދުވެސް ހުންނަނީ އެގޭގެ ވެރިޔާ ޝަފިއްޔާ ޒުބެއިރު އޭރަކު ހުންނަވާ ޕާޓީއެއްގެ ހަރުގެކަން ފާހަގަކުރެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow