މަޖިލިސް މެންބަރުންނަށް މުލިއާގެއިން 50،000 ރ. ދޭކަމަށް ދައްކާ ވަހަކައަކީ ބުހުތާނު ދޮގެއް: ހީނާ
ހީނާ ވަލީދު

މަޖިލިސް މެންބަރުންނަށް މުލިއާގެއިން 50،000 ރ. ދޭކަމަށް ދައްކާ ވަހަކައަކީ ބުހުތާނު ދޮގެއް: ހީނާ

2 months ago - 11:45

ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގެއިން ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ ކޮންމެ މެންބަރަކަށް، ކޮންމެ މަހަކު 50،0000ރ. ދޭ ކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ހީނާ މިހެން މިވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މީޑިއާގައި ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ފައްޔާޒު މީޑިއާގައި ވިދާޅުވެފައި ވަނީ، ރައީސްގެ ރަސްމީ ގެކޮޅު މުލިއާގެއިން، ޕީއެންސީގެ މަޖިލިސް ކޮންމެ މެމްބަރަކަށް ކޮންމެ މަހަކު 50،000ރ. ދެމުން އަންނަކަމުގައެވެ. އަދި އެފައިސާއަކީ ލިބޭ މުސާރައިން ދާއިރާއަށް ޚަރަދު ކުރާނެ ފައިސާއެއް ނޯންނަ ކަމަށް މެމްބަރުން ރައީސް އަރިހު ދެންނެވުމުން ދެއްވާން ފެއްޓެވި ފައިސާކަމަށް ވެސް ސޯޝަލް މީޑިއާގައި އަދުފެތުރިގެން ދިޔަ އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި، ޕީއެންސީގެ ވެސް ތަރުޖަމާނު ހީނާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިޅް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް" ކަމަށެވެ. 

ޕީއެންސީގެ މަޖިލިސް ބައެއް މެންބަރުން ވެސް އަމާޒް މީޑިއާ އަށް ޔަގީންކޮށްދެއްވީ އެބޭފުޅުންނަށް، އެފަދަ އެއްވެސް ފައިސާއެއް މުލިއާގެއިން ވެސް އަދި ޕީޕީއެމް، ޕީއެންސީ އޮފީހަކުން ވެސް އަދި މިހާތަނަށް ނުލިބޭ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow