ދައުލަތުގެ ރިޒާވް ހުސްވިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: މެންބަރު އިއްބެ

ދައުލަތުގެ ރިޒާވް ހުސްވިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: މެންބަރު އިއްބެ

މެންބަރު ވިދާޅުވީ ދައުލަތުގެ ރިޒާވް ހުސްނުވާކަމަށް ސަރުކާރުގެ އިސްވެރިއަކު ޔަގީންކޮށް ދެއްވާފައިވާ ކަމަށް.

26 days ago - 19:34

ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް އެއްކޮށް ހުސްވެފައިވާ ކަމަށް ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށް ފުވައްމުލަކު ދެކުނުދާއިރާގެ ޕީ.އެން.ސީ މެންބަރު އިބްރާހީމް ހުސައިން، އިއްބެ ވިދާޅުވެއްޖެއެވެ. 

އަމާޒް މީޑިއާއާ ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ ޑޮލަރުގެ ޔޫޒަބްލް ރިޒާވް އެއްކޮށް ހުސްވެފައިވާ ކަމަށް ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން އޮޅުވާލުމެއް ކަމަށާއި އެއީ ފިތުނަ އުފައްދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު ފަތުރާ ވާހަކައެއް ކަމަށެވެ. 

އިއްބެ ވިދާޅުވީ ރިޒާވް ހުސް ނުވާކަން ސަރުކާރުގެ އިސްވެރިއަކު ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. 

އިއްބެގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުވެސް ވަނީ ރިޒާވް ހުސްވެފައިވާ ކަމަށް ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް ރިޒާވްގައި މިހާރު ހުރީ ކިހާ ފައިސާކަމެއް ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ.ހަވާލުވިއިރު ދައުލަތުގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow