ރައީސް، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި

ރައީސް، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި

17 hours ago - 11:21
Feb 25, 2026 - 12:59

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.


މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރީ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑަށް ވަޑައިގެން، ފައިނަލްގައި ވާދަކުރި ދެ ޓީމުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ.


ފޯރިގަދަ ކުޅުމަކަށްފަހު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިގޮތުން 5-6 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.


މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޗެމްޕިއަން ޓީމަށް ދޭ ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

Advertisement
Advertisement


ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެއް މުބާރާތެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައެވެ. މި މުބާރާތަކީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ވަރަށް މުހިންމު އަދި ޝަރަފުވެރި މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވޭ މުބާރާތެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow