އޭދަފުށްޓަށް ގްރޫޕްގެ އެއް ވަނަ, ދިއްދޫ އަށް އުއްމީދު
މާލެ ސިޓީވެސް ބަލިކޮށް, ނައިންޓް ޕްލަސް ގޯލްޑް ކަޕް ގްރޫޕް ބީގެ އެއްވަނަ އޭދަފުށިން ކަށަވަރުކޮށްފިއެވެ.
އޭދަފުށި ގްރޫޕްގެ އެއްވަނަ ހޯދީ މެޗަށް ނިކުއިންއިރު ފުރަތަމަ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ދެވަނަ ބުރު ޔަގީންކޮށްފައި އޮތް ދެޓީމްގެ މެޗު ކާމިޔާބުކޮށްގެންނެވެ. އޭދަފުށްޓާއި މާލެ ސިޓީވެސް މެޗަށް ނިކުތީ މޮޅުވެ ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރުމަށެވެ. މެޗު އޭދަފުށިން ކާމިޔާބުކުރީ 2-0 ނެވެ. ދެހާފްގައި އޭދަފުށީގެ ދެ ލަނޑު ޖެހީ އަހުމަދު އައިހަމް އާއި މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. މިމޮޅާއެކު ގްރޫޕް ބީގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އޭދަފުށި ވަނީ 9 ޕޮއިންޓް ހޯދާފައެވެ. މާލެ ސިޓީ ވަނީ ތިން މެޗުން 6 ޕޮއިންޓް ހޯދިއެވެ.
މިގްރޫޕުން ތިންވަނަ ޓީމް ކަށަވަރުވާނީ ތިމަރަފުށްޓާއި ތުޅާދޫ މިއަދު ހަވީރު ވާދަކުރާ މެޗުންނެވެ. މެޗުން މޮޅުވާ ޓީމަކަށް ތިންވަނަ ޓީމްގެ ގޮތުގައި ގްރޫޕް ސްޓޭޖްގެ ދެވަނަ ފޭސް އިން ޖާގަ ލިބޭނެއެވެ.
މުބާރާތުގެ ގްރޫޕް އޭގައި ދިއްދޫ ވަނީ ކުޑަހުވަދޫ ބަލިކޮށް, ދެވަނަ ބުރުގެ އުއްމީދު ހޯދާފައެވެ. ފަސް ޓީމް ހިމެނެ ގްރޫޕްގައި ދިއްދޫ މޮޅެއް ހޯދީ 6-1 ން ކުޑަހުވަދޫ ބަލިކޮށްގެންނެވެ. މިގްރޫޕުގައި ތިން މެޗުންވެސް މޮޅުވެ ދެވަނަ ބުރު ޔަގީންކޮށްފައިވަނީ ފުވައްމުލައް ސިޓީންނެވެ. ދިއްދޫ މެޗު ކާމިޔާބުކުރުމުން ތިން ޓީމެއް 3 ޕޮއިންޓާއެކު އެބައޮތެވެ. އެއީ ދިއްދޫގެ އިތުރުން ކުޑަހުވަދޫ އާއި ދ.މީދޫ އެވެ.
ކުޑަހުވަދޫ އަތުން މޮޅުވި މެޗުގެ ފަހު ތިން ލަނޑު ދިއްދޫ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ނިކުއިން އަހުޒަމް ރަޝީދު އެވެ. ފުރަތަމަ ހާފްހައި ދިއްދޫގެ ފުރަތަމަ ދެ ލަނޑު ޖެހީ އަލީ ފަރީދު އާއި އާދަމް އާޒިމް އެވެ. މެޗުގައި އަލީ ފަރީދު ދެ ލަނޑު ޖެހިއެވެ. ކުޑަހުވަދޫގެ ދެ ލަނޑު ޖެހީ މުޙައްމަދު ޒިހާން ހުސެއިން އާއި ހާރޫން އިބްރާހީމް އެވެ.
ރިއެކްޝަންސް