ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19 ގައި

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19 ގައި

1 hour ago - 23:50
Advertisement
Advertisement

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ އޮންނާނީ އެރޭ 8:30 ގައެވެ.


މި މުހިންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ޚިޠާބު ދެއްވައި، ޤައުމަށްޓަކައި އެމަނިކުފާނުގެ ހުވަފެންފުޅުތަކާއި ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.


ޖުމްހޫރީ ދުވަހުގެ ޖަލްސާގައި، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ޤައުމީ ފެންވަރުގައި މަތީ ކާމިޔާބީތައް ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން އޮންނާނެއެވެ. މި އިނާމަށް ބޭފުޅުން ހޮއްވަވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ލިބިގެންދާނެއެވެ.


މީގެއިތުރުން، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް މި ޖަލްސާގައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ، އަދި މަޤާމުގެ މަސްއޫލިއްޔަތު ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު އަދާކޮށްފައިވާ މުވައްޒަފުންގެ ޤައުމީ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެއް ދެއްވާނެއެވެ. މި އިނާމަށް ބޭފުޅުން ހޮއްވަވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement