އިންޑިއާގެ ބޮޑުވަޒީރު މޯދީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
މޯދި އަދި އަބްދުއްރަހީމް ގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މޯދީ, އެކްސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

9 months ago - 12:35
Jul 26, 2025 - 12:40
Advertisement
Advertisement

އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރަ މޯދީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުالله އާ ބައްދަލު ކުރައްވައިފިއެވެ. 

މިއީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި އުޅުއްވާ މޯދީ ރާއްޖޭގެ ސިޔާސީ އިސްފަރާތްތަކާ ދައުލަތުގެ އިސްވެރިންނާ އެކު ބާއްވަވާ ބައްދަލުވުމުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ.

ބައްދަލުވުމަށްފަހު މޯދީ ވަނީ 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލިއަމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައި އޮތުމަކީ ދެޤައުމުގެ ގުޅުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެެ. 

ޤާބިލްކަން އިތުރުކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވައި މޯދީ ވަނީ އެކަމުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ފުން އެކުވެރިކަމާ ގުޅެގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement