
އިންޑިއާގެ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖޭގެ ނައިބު ރައީސްއާ ބައްދަލުކުރައްވައިފި
ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖޭގައި ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރަ މޯދީ ދިވެހިރާއްޖޭގެ ނައިބުރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް އާ ބައްދަލުކުރައްވައިފިއެވެ.
ބައްދަލުބުމުގައި ދެބޭފުޅުން ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ މުހިންމު ތަނބުތަކުގައި މައްޗަށް އަލިއަޅުވާލާފައެވެ.
އޭގެތެރޭގައި ޓެކްނޮލޮޖީ އާއީ ހަކަތަ, މޫސުމަށް އަންނަ ބަދަލުތަކާއި އިންފްރާ ސްޓްރަކްޗަރ ގެ އިތުރުންވެސް ދެގައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މޯދީ ވަނީ އެކަންކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ކުރަމުންދާ ކަމަށާއި, އުއްމީދަކީ މިހާރަށްވުރެ ބޮޑަށް އެދާއިރާތަކުން ގުޅުން ވަރުގަދަވެގެން ދިއުންކަމަށް ވިދާޅުވެފައެވެ.
ރިއެކްޝަންސް






