މުހިންމު މަސައްކަތްތަކެއް މިދައުރުގައި ނިންމާލެވުނު: މަޖިލީހުގެ ނައިބު ރައީސް
ޖުމްލަ 33 ޖަލްސާއެއް ބޭއްވުމަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީސް ފުރަތަ ޗުއްޓީ ނަންގަވައިފިއެވެ.
ޖުމްލަ 33 ޖަލްސާއެއް ބޭއްވުމަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީސް ފުރަތަ ޗުއްޓީ ނަންގަވައިފިއެވެ.
މިއަހަރު އަލަށް އިންތިޚާބުވި މެންބަރުންނާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީސް ރިސެސް އަށް ދިއުމުގެ ކުރިން މިރޭ ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ.
މިރޭ ބޭއްވި ޖަލްސާގައި މަޖިލީހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ހުސައިން ޝަމީމް ވަކި ކުރުމަށް ނިންމަވާފައެވެ.
މިރޭގެ ޖަލްސާ ނިންމާވަލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ މި ދައުރުގައި 33 ޖަލްސާ ބާއްވައި 75 ގަޑިއިރު ހޭދަކުރެވިފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި 232 ބައްދަލުވުން ބޭއްވިފައިވާ ކަމަށާއި 190 ގަޑިއިރާއި 29 މިނިޓް ހޭދަ ކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ 82.9 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު އަންނަ އޮކްޓޫބަރު މަހު ފެށޭނެކަން އިއުލާން ކުރައްވަމުން ނާޒިމް ވިދާޅުވީ މި ދައުރުގައި މުހިންމު މައްސަލަތަކެއް މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ރިއެކްޝަންސް