ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ: ރައީސް

ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ: ރައީސް

17 hours ago - 10:38
Advertisement
Advertisement

ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސް މިފަދައިން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު 'މޯލްޑިވްސް 2.0' މަޝްރޫއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2028 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް މި މަޝްރޫއު ފުރިހަމައަށް ތަންފީޒު ކުރެވޭނެ ކަމަށެވެ.


ސްމާޓް އައިޑީ ކާޑާ ބެހޭގޮތުން ރައީސް ވިދާޅުވީ، މިހާރު ގެންގުޅޭ ފިޒިކަލް ކާޑުގެ ބަދަލުގައި ޑިޖިޓަލައިޒްޑް ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެ ކަމަށެވެ. "އެކަންވެސް އިރާދަކުރެއްވިއްޔާ، ތާވަލުކުރެވިފައި އޮތްގޮތަށް، ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ހާސިލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.


ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، އަލަށް ތައާރަފުކުރާ ސްމާޓް އައިޑީ ކާޑަކީ އިނގިލީގެ ނިޝާނާއި ޗިޕެއް ހިމެނޭހެން ފަރުމާކުރާނެ ކާޑެކެވެ. މި ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމާއި، އެކި ހިދުމަތްތައް ހޯދުމުގެ އިތުރުން އަމިއްލަ ރެކޯޑުތައް ބެލެހެއްޓުން ފަދަ މުހިންމު ކަންކަން ކުރެވޭނެއެވެ.


'މޯލްޑިވްސް 2.0' މަޝްރޫއުގެ ދަށުން ސިއްހީ ދާއިރާއަށް ވެސް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އެ ކަންކަމުގެ ތަފްސީލު ސިއްހީ ވުޒާރާއިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސްމާޓް ކާޑުގެ އިތުރު ތަފްސީލުތައް ވެސް ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement