ރަސްމާލެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބިން ލިބޭނެ: ރައީސް

ރަސްމާލެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބިން ލިބޭނެ: ރައީސް

55 minutes ago - 21:48

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަސްމާލެ މަޝްރޫޢުން ބިމަށް އެދި ހުށަހަޅައި ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބިން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ހުރިހާ ކެޓަގަރީއަކުން ޝަރުތުހަމަވާ އެންމެންނަށް ވެސް އެ ތަނުން ބިން ދޫކުރެވޭ ވަރަށް ޖާގަ އެބައޮތް ކަމަށެވެ. އަދި މި ނިންމެވުން ނިންމަވާފައިވަނީ ލިބިފައިވާ އެޕްލިކޭޝަންތަކުގެ ޖުމްލަ ޢަދަދުތައް އެމަނިކުފާނު އަމިއްލަފުޅަށް ބެއްލެވުމަށްފަހު ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އީގަލް ހިލްސްއިން ހުޅުމާލޭ އަރބަން އައިލްގައި ތަރައްޤީކުރާ 5,000 ފްލެޓް ވެސް މި ރިޔާސީ ދައުރުގެ ތެރޭގައި، 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމައި ރައްޔިތުންނާ ޙަވާލުކުރެވޭނެ ކަމަށެވެ. އަދި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތަކާއެކު ތަރައްޤީކުރާ މި ފްލެޓްތައް ޚާއްޞަކުރާނީ ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިން އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow