އައްޑޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި

އައްޑޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި

1 hour ago - 22:03
Advertisement
Advertisement

އައްޑޫ ސިޓީގެ ލިންކް ރޯޑް ފުޅާކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން، ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކެއް ހިންގުމަށް އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.


ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ އޮފް ފައިނޭންސް ޙަސަން ޒަރީރު ވިދާޅުވީ، މާލެ ސަރަޙައްދެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ މުހިންމު މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. މާލެ ފިޔަވައި ރާއްޖޭގައި މީހުން އެންމެ ގިނައިން ދިރިއުޅޭ އާބާދީ ބޮޑު އައްޑޫ ސިޓީގައި މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެ ސިޓީގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


މި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ "އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" އައްޑޫ ސިޓީގައި ޤާއިމުކުރުން ހިމެނެއެވެ. ސަރުކާރުން ރާއްޖޭގެ ސަރަޙައްދުތައް ޒޯންތަކަކަށް ބަހާލައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، މި ޒޯނުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.


މީގެއިތުރުން، ދިވެހި ޒުވާނުންނަކީ ހަމައެކަނި ވަޒީފާ ހޯދާ ބަޔަކަށް ނުވެ، އަމިއްލައަށް ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި އެސްއެމްއީ ސްޓާޓަޕްތަކަށް ބޭނުންވާ މާލީ އެހީތެރިކަން (ފަންޑު) ފޯރުކޮށް

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement