ފާޑުކިއުންތަކާއެކު ފުލުހުންގެ ނިންމުން ބަދަލުކޮށް, މާދަމާރޭ 12:00 ގެ ކުރިން ދެ އެޕާރޓްމަންޓް ހަވާލުކުރަން ބައްސާމަށް އަންގައިފި
ބައްސާމް އަދީލް ޖަލީލް: ފޮޓޯ-އެފްއޭއެމް

ފާޑުކިއުންތަކާއެކު ފުލުހުންގެ ނިންމުން ބަދަލުކޮށް, މާދަމާރޭ 12:00 ގެ ކުރިން ދެ އެޕާރޓްމަންޓް ހަވާލުކުރަން ބައްސާމަށް އަންގައިފި

11 days ago - 22:30
Advertisement

ފާޑުކިއުންތަކާއެކު ފުލުހުންގެ ނިންމުން ބަދަލުކޮށް, މާދަމާރޭ 12:00 ގެ ކުރިން ދެ އެޕާރޓްމަންޓް ހަވާލުކުރަން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަންގައިފި އެވެ.

ފުލުހުންގެ ނިންމުން ބަދަލުކޮށްފައި މިވަނީ ބައްސާމްގެ ފަރާތުން އެދުނު އެދުމަށް އެޕާރޓްމަންޓް ހަވާލުކުރުމަށް މިމަހުގެ ނިޔަލަށް ފުރުޞަތު ދިނުމަށްފަހުއެވެ. މިމަހުގެ ނިޔަލަށް ފުރުޞަތު އިތުރުކޮށްދިނީ " ހާލަތަށް ރިއާޔަތްކޮށް" ކަމަށް ފުލުހުން ރޭ މީޑިޔާއަށް ހިއްސާކުރި މެސެއްޖެއްގައި ބުންޏެވެ. އޭގެ ފަހުން 24 ގަޑިއިރުވެސް ނުވަނީސް އެހާލަތު ބަދަލުވެ, ފުލުހުން ޢާއްމުކުރި ބަޔާނެއްގައި ބުނީ "އިތުރަށް ދިރާސާކޮށް ބެލިބެލުމުން އެދިފައިވާ (ބައްސާމް) ގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް " ފުލުހުންގެ ޚިދުމަތުން ނިންމާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާދަމާރޭ 12:00 ގެ ކުރިން އެޕާރޓްމަންޓް ހަވާލުނުކޮށްފިނަމަ ޤާނޫނީ އިމުގެ ތެރެއިން އެޕާރޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ދެއެޕާރޓްމަންޓް ފުލުހުންނާ ހަވާލުކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަމުރުކުރީ ހުޅުމާލެ

Advertisement

މެޖިސްޓްރޭޓް ކޯޓުންނެވެ. ހުޅުމާލެ އަމިން އެވެނިޔު އިން ބައްސާމް އެދެއެޕާރޓްމަންޓް ގަނެފައިވަނީ ހިޔާނާތުގެ ފައިސާއިން ކަމަށް ތުހުމަތު ކުރެއެވެ. އެއީ ކޮވިޑްގެ ތާށިކަމުގައި ލްލަބްތަކަށް އެހީވުމަށް ފީފާއިން ދިން ލޯނު ފައިސާއެވެ.

ފީފާއިން މިހާރު ވަނީ ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އާ އިންތިޚާބަކަށް ދާއިރު ބައްސާމްގެ ސަސްޕެންޝަންގެ މުއްދަތު ހަމަވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement