އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކޮށްފި
އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކޮށްފިއެވެ. މިމަޝްވަރާތައް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުގެ މަޝްވަރާތައްވެސް ވަނީ ކޮށްފައެވެ. މިދަތުރުފުޅުގެ ކުރިންވެސް މިކަމުގެ މަޝްވަރާތައް ވަނީ ކޮށްފައެެވެ. މަޝްވަރާތައް ނިމި އަދި އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވެއެވެ. އެކަމަކު މިއީ އިންޑިޔާގެ ޝައުގުވެރިކަން ކުރިންވެސް އޮތްކަމެކެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިޔާ ސަރުކާރުން އެފަދަ ޝައުގުވެރިކަމެއް ފާޅުކުރި ނަމަވެސް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އެކަމާމެދު އޮތީ ގޮތެއް ނުނިންމައެވެ. އެކަމަކު އެމަޝްވަރާތައް މިހާރު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވިއެވެ. އައްޑޫ ސިޓީއަކީ މާލެ ނެގުމަށްފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް މިހާރު ވަނީ ބާއްވަވައިފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހިސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރިއެކްޝަންސް