އިންޑިޔާއިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދީފި
ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާއިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދީފި

11 days ago - 17:01
Advertisement

އިންޑިޔާއިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ދެގައުމުން ސޮއިކުރެއްވީ ރައީސް މުއިއްޒު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމަށްފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެއްވި މީޑިޔާ ސްޓޭޓްމަންޓްގައި އިންޑިޔާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހަމަޖައްސައި ދިނުމުން ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން އިންޑިޔާއިން ވަނީ އިތުރު އެހީގެ ގޮތުގައި 30 ބިލިޔަން އިންޑިއާ ރުޕީޒް އާއި، ޓީ-ބިލް ރޯލްއޯވަރގެ ގޮތުގައިވެސް މާލީ އެހީތެރިކަން ދެއްވާފައެވެ. އެކަމަށްޓަކައި ރައީސް މުއިއްޒު ވަނީ އިންޑިޔާ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އިންޑިޔާއިން ސްވޮޕް ފެސިލިޓީއެއް ދިފައި މިވަނީ ދަރަނި ދެއްކުމުގައި ރާއްޖެއަށް އުނދަގޫތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގެ އިގްތިސާދުވެސް ނުރަނގަޅު ފައްތަރެއްގައި ވަނިކޮށެވެ.

މީގެއިތުރުންވެސް މުހިއްމު އެއްބަސްވުންތަކެއްގައި ދެގައުމުން ވަނީ ސޮއިކޮށްފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement