
މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކަށް ދުފާއެއްޗިހި ނުވައްދަން ނިންމައިފި
މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކަށް ދުފާއެއްޗިހި ނުވައްދަން އެކައުންސިލުން މިއަދު ނިންމައިފިއެވެ.
ކައުންސިލްގެ ހިނގަމުންދާ ދައުރުގެ 196 ވަނަ ޢާއްމު ޖަލްސާގެ މަޝްވަރާތަކަށްފަހު އެކައުންސިލުން ނިންމީ ދުފަން ބޭނުންކުރާ އެއްވެސް އެއްޗެއް އެކައުންސިލްގެ އެއްވެސް ހަފްލާއަކަށް ނުވެއްދުމަށެވެ.
މި ނިންމުން ނިންމީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން ކުރި މަޝްވަރާތަކަށްފަހު ސިޓީ ކައުންސިލުގެ ގިނަ މެމްބަރުންގެ ތާއީދާއެކުއެވެ. މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.
އާސަންދައިން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބައްޔެވެ.
ރިއެކްޝަންސް






